ގއ. ކޮލަމާފުށްޓަށް ލޯންޗެއްގައި މަސްތުވާތަކެތި ހިފައިގެން ދިޔަ އެ ރަށު ހަތަރު މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އިއްޔެ މިފަދަ އޮޕަރޭޝަނެއް ހިންގީ ކޮލަމާފުށްޓަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް މައުލޫމާތު ލިބިގެން ކަމަށެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ގއ. ކޮލަމާފުށި، ކައުސަރު، ހަސަން ރައްޔާން، 26، ގއ. ކޮލަމާފުށި، އިސްމާއިލް ހާޒިމް ހަބީބު، 22، ގއ. ކޮލަމާފުށި، ޝަބްނަމްގެ، އަލީ ޖަނާހު ޖައުފަރު، 25، އާއި ގއ. ކޮލަމާފުށި، ލީނާ މަންޒިލް، އިބްރާހިމް އަޒާން މުހައްމަދު، 19 އެވެ.
މި މީހުން ކޮލަމާފުށްޓަށް އައި ލޯންޗު ބަލައިފާސްކޮށް ފުލުހުން ވަނީ މަސްތުވާތަކެތި ކަމަށް ބެލެވެ 44.83 ގްރާމުގެ ތަކެތި ހޯދާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 30 ރަބަރު ޕެކެޓާއި ފިލްމު ހުސްކުރި ދެ ދަޅާއި އެތަނުން އެކެއްގެ ގައިން ފެނުނު ހަތް ސެލޯފިން ކޮޅެވެ.
ހައްޔަރުކުރި މީހުންގެ ތެރެއިން ހައިޒަމްގެ ބަންދަށް 12 ދުވަސް އަދި ދެން ތިބި މީހުންގެ ބަންދަށް ހަތް ދުވަސް ކޯޓުން ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ކޮލަމާފުށްޓަށް ލޯންޗެއްގައި މަސްތުވާތަކެތި ހިފައިގެން ދިޔަ ބަޔަކު ހައްޔަރުކޮށްފި ކޮލަމާފުށްޓަށް ލޯންޗެއްގައި މަސްތުވާތަކެތި ހިފައިގެން ދިޔަ ބަޔަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ