ރާއްޖޭގެ ބޮޑު ސަރަހައްދަކަށް 50 މޭލަށް ވައިބާރުވެ ކަނޑު ގަދަވުމާއެކު ޔެލޯ އެލާޓް ނެރެފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ ދެ ހަފުތާއިން ފެށިގެން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް މޫސުން ގޯހެވެ. ބައެއް ހިސާބުތަކަށް މެދުކެނޑުމެއް ނެތި ގަޑިއިރުތަކެއް ވާންދެން ވާރޭ ވެހޭއިރު، އެހެން ބައެއް ސަރަހައްދުތަކަށް ކަނޑުގަދަ އެވެ.
އެކަމަކު މިއީ މި ވިއްސާރަގަނޑުގައި މިހާ ވައިބާރުވެ، ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް ނެރުނު ފުރަތަމަ ފަހަރެވެ.
ތަފްސީލް - މެޓު އޮފީހުން ބުނި ގޮތުގައި، ރެއިންސުރެ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް މޫސުން ވަރަށް ގޯހެވެ.
އެ ތަނުން ބުނީ:
ގަޑިއަކު 25 މޭލާއި 30 މޭލަށް ވައި ޖެހޭނެ ކަމަށް، އަދި ވިލާގަނޑުގައި 50 މޭލަށް ވައި ޖެހޭނެ ކަމަށް
އެހެންވެ ކަނޑުތައް ވަރަށް ގަދަވާނެ
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރޭ 9:40 އިން ފެށިގެން އޮތީ ޔެލޯ އެލާޓް ނެރެފަ އެވެ.
ވަޔާއެކު ކަނޑުތައް ގަދަވާނެތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރުމަށް، ކަމާ ގުޅޭ އިދާރާތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ. އަދި ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް އެދެ އެވެ.
ގުޅުން ހުރި - މި ވިއްސާރައިގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ތިން މީހަކު ވަނީ މަރުވެފަ އެވެ. އަދި އުތުރަށް މުދާ އުފުލާ ބޯޓެއް ބަންޑުން ޖަހާލައި، އެތައް މިލިޔަން ރުފިޔާގެ ގެއްލުން ވަނީ ވެފަ އެވެ.
މެޓު އޮފީހުން ބުނި ގޮތުގައި ވިއްސާރަ އަލިވާން ފަށާނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެންނެވެ.
50 މޭލަށް ވައިބާރުވެ، ކަނޑުތައް ވަރަށް ގަދަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ