މައިމީހާއަކީ، ކޮންމެ މީހަކަށް ވެސް، މާތްﷲ ދެއްވާފައިވާ ހަދިޔާއެއްކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރައްވާފައިވާނީ، އެ މަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ.
މައިންގެ ދުވަހާއި ގުޅިގެން، އެ މަނިކުފާނު ކުރެއްވި މި ޓްވީޓްގައި ވިދާޅުވީ، މަންމައަކީ، މި ދުނިޔޭގައިވާ ކޮންމެ ފިރިހެނަކާއި އަންހެނަކަށް، އަދި ކޮންމެ ކުއްޖަކަށް ވެސް، މާތްﷲ ދެއްވާފައިވާ ހަދިޔާއެއްކަމަށެވެ.
މީގެ އިތުރުން، މައިންގެ ދުވަހުގެ މުނާސަބާގައި އެ މަނިކުފާނު ވަނީ، ރާއްޖެއާއި، ދުނިޔޭގެ އެހެނިހެން ކަންކޮޅުތަކުގައި ތިބި ލޮބުވެތި މައިންނަށް ދުވަހުގެ ތަހުނިޔާ ދަންނަވާފައެވެ.
ބައިނަލްއަޤްވާމީ ގޮތުން މައިންގެ ދުވަހުގެ ގޮތުގައި މި އަހަރު ފާހަގަކުރާ ދުވަހަކީ، މެއި މަހުގެ 10 ވަނަ ދުވަހެވެ.
މައިމީހާއަކީ، ކޮންމެ މީހަކަށް ވެސް، ﷲ ދެއްވާފައިވާ ހަދިޔާއެއް: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ