ޓްރީޓޮޕްގެ ހިތާނީ ކޭމްޕުގައި ބައިވެރިވުމަށް ހުޅުވާލައިފި

ޓްރީޓޮޕް ހޮސްޕިޓަލުގެ ހިތާނީ ކޭމްޕުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ކޭމްޕުގައި ރަޖިސްޓަރީކުރުމަށް ނަން ނޯޓުކުރެވޭނީ ޖުލައި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާގޮތުގައި، މި ކޭމްޕުގައި ބައިވެރިވާ ކުދިންގެ ކޮންސަލްޓޭޝަނާއި ޕްރޮސީޖާ ހެދުން އޮންނާނީ ޖުލައި މަހުގެ 12 ވަނަ ދުވަހުން ފެށިގެން އޮގަސްޓު މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށެވެ.
މި ކޭމްޕުގައި ހަރަކާތްތެރިވާނީ އޮޕަރޭޝަނަށް ޚާއްސަ ޑޮކްޓަރުންނާއި ކުޑަކަމުދާ ނިޒާމުގެ ޚާއްސަ ޑޮކްޓަރުން ހިމެނޭ މެޑިކަލް ޓީމަކުންނެވެ. އެގޮތުން، ޑރ. ޙުސައިން ހަދިޔެވްއާއި ޑރ. އުކްތަމް ޢަބްދުﷲ އާއި ޑރ. އިބްރާހީމް މުއުމިނާއި ޑރ. މުޙައްމަދު ޝަރީފާއި ޑރ. ޢަބްދުﷲ އުބައިދު އަދި ކުޑަކަމުދާ ނިޒާމުގެ ޚާއްސަ ޑޮކްޓަރު، ޑރ. މެހްމެތު އޮޑަރ އެ ޓީމުގައި ހިމެނެއެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން މި އަހަރު ބާއްވާ ފުރަތަމަ ހިތާނީ ކޭމްޕުގެ ދަށުން، އާސަންދައަށް ކެނޑުމަށްފަހު ދައްކަން ޖެހޭނީ 5،500ރ އެވެ.
މިކޭމްޕުގައި ބައިވެރިވުމަށް 3351610 އަށް ގުޅައިގެން ރަޖިސްޓަރީ ކުރެވޭނެކަމަށް ޓްރީޓޮޕް ހޮސްޕިޓަލުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ