ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 25 މައްސަލައެއް މިދިޔަ މަހު ރިޕޯޓްކުރި

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 25 މައްސަލައެއް މިދިޔަ މަހު ރިޕޯޓްކޮށްފައިވާކަން އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެ މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، ކުޑަކުދިންނާ ގުޅޭ ޖުމްލަ 81 މައްސަލައެއް މިދިޔަ މެއި މަހު ވަނީ ރިޕޯޓްކޮށްފައެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 25 މައްސަލައެއް މިދިޔަ މަހު ރިޕޯޓްކޮށްފައިވާކަން އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ވަނީ ދައްކާފަ... މިދިޔަ މަހު ރިޕޯޓްކުރި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 25 މައްސަލައިގެ ތެރޭގައި ހިމެނެނީ 19 އަންހެން ކުއްޖަކަށާއި ހަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން ހުށަހެޅި މައްސަލަތަކެވެ. މިއީ މިދިޔަ މަހު ރިޕޯޓްކުރި ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ހުށަހެޅުނު މައްސަލަތައް ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ. ޖިންސީ ގޯނާގެ މައްސަލަތަކުގެ އިތުރުން، ކުދިންނަށް އަޅާނުލުމުގެ 18 މައްސަލައަކާއި، ނަފުސާނީ އަނިޔާ ދިނުމުގެ 12 މައްސަލައެއް ވަނީ ރިޕޯޓްކޮށްފައެވެ. އަދި ޖިސްމާނީ އަނިޔާގެ އަށް މައްސަލައެއްގެ އިތުރުން، ބުލީގެ ހަތް މައްސަލައަކާއި ސައިބާ ބުލީގެ ހަތަރު މައްސަލައެއް ވެސް ވަނީ ހުށަހަޅާފައެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 25 މައްސަލައެއް މިދިޔަ މަހު ރިޕޯޓްކޮށްފައިވާކަން އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ވަނީ ދައްކާފަ... ކުދިންގެ އަހުލާގާ ގުޅޭ 44 މައްސަލައެއް ރިޕޯޓްކޮށްފައިވާއިރު، އޭގެ ތެރޭގައި ސްކޫލަށް ދާން އިންކާރު ކުރުމާ ގުޅޭ އަށް މައްސަލައެއް ހިމެނެއެވެ. މިނިސްޓްރީން ބުނި ގޮތުގައި މިދިޔަ މަހު 1412 ހެލްޕްލައިނަށް 1,379 ކޯލް ލިބިފައިވާއިރު، 1421 އަށް 626 ކޯލް ވަނީ ލިބިފައެވެ. މި މައްސަލަތަކާ ގުޅިގެން މިނިސްޓްރީން ވަނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން 161 ކައުންސެލިން ސެޝަނެއް ބާއްވާފައެވެ. މީގެ އިތުރުން 44 މީހަކަށް ސައިކޯސޯޝިއަލް ސަޕޯޓް ފޯރުކޮށްދީފައިވާ ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކައެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 25 މައްސަލައެއް މިދިޔަ މަހު ރިޕޯޓްކޮށްފައިވާކަން އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދެއްކިއިރު، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ރާއްޖޭގައި ވަރަށް ގިނައިރު، އެފަދަ ހުރިހާ މައްސަލައެއް ކަމާ ގުޅުންހުރި އިދާރާތަކަށް ރިޕޯޓުނުކުރާ ކަމުގެ ކަންބޮޑުވުންތައް އޮވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ