ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 25 މައްސަލައެއް މިދިޔަ މެއި މަހު ރިޕޯޓްކޮށްފައިވާކަން މިނިސްޓްރީ އޮފް ހެލްތް، ފެމިލީ އެން ވެލްފެއާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، ކުޑަކުދިންނާ ގުޅޭ ޖުމްލަ 81 މައްސަލައެއް މިދިޔަ މަހު ވަނީ ރިޕޯޓްކޮށްފައެވެ. މިދިޔަ މަހު ރިޕޯޓްކުރި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 25 މައްސަލައިގެ ތެރޭގައި ހިމެނެނީ 19 އަންހެން ކުއްޖަކަށާއި ހަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން ހުށަހެޅި މައްސަލަތަކެވެ. މިއީ މިދިޔަ މަހު ރިޕޯޓްކުރި ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ހުށަހެޅުނު މައްސަލަތައް ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ރާއްޖޭގައި ގިނައިރު، އެފަދަ ހުރިހާ މައްސަލައެއް ކަމާ ގުޅުންހުރި އިދާރާތަކަށް ރިޕޯޓުނުކުރާ ކަމުގެ ކަންބޮޑުވުންތައް އަބަދުވެސް އޮވެއެވެ. ހެލްތް، ފެމެލީ އެން ވެލްފެއާ މިނިސްޓްރީން ދަނީ މިފަދަ މައްސަލަތައް މަދުކުރުމަށާއި އަނިޔާ ލިބޭ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ.
މެއި މަހު ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 25 މައްސަލައެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ