ދަރިވަރުންގެ ކަންބޮޑުވުމަށް ހައްލެއް ހޯދައިދެއްވީތީ ރައީސަށް ޝުކުރު އަދާކޮށްފި އިޙްތިރާމު ހޯދުމަށް އެމީހެއްގެ ޒިންމާތައް ތެދުވެރިކަމާއެކު އަދާކުރަން ޖެހޭ: ނައިބު ރައީސް މަގުމަތީގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުމަށް، މިއަދު ސިޓީ ސްކެއާރ ކައިރީ ހާއްސަ އިވެ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކާ އެއްގޮތަށް، ރާއްޖޭގެ ސިއްހީ ދާއިރާގައި ފަންނީ މީހުން ބިނާކުރުމަށްޓަކައި ތިން އާ އަންޑަގްރެޖުއޭޓް ޕްރޮގްރާމެއް ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ފަށައި އެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމުތައް ތައާރަފުކޮށްފައިވަނީ ގައުމީ ފެންވަރުގައި އެންމެ ބޮޑަށް ބޭނުންވެފައިވާ ދާއިރާތަކުން ހާއްސަ ތައުލީމުގެ މަގުތައް ފަހިކޮށްދިނުމަށެވެ.
އެމްއެންޔޫއިން އަލަށް ފަށާ ތިން ޕްރޮގްރާމަކީ ތިން އަހަރު ދުވަހުގެ ބެޗެލާ އޮފް ސައިންސް އިން ޕެރަމެޑިކް ސައިންސަސް އާއި، ހަތަރު އަހަރު ދުވަހުގެ ބެޗެލާ އޮފް ސައިންސް އިން ސްޕީޗް-ލެންގުއެޖް ޕެތޮލޮޖީ (އޮނާސް) ގެ އިތުރުން ހަތަރު އަހަރު ދުވަހުގެ ބެޗެލާ އޮފް އޮކިޔުޕޭޝަނަލް ތެރަޕީ (އޮނާސް) އެވެ. މީގެ ތެރެއިން ސްޕީޗް-ލެންގުއެޖް ތެރަޕީ އާއި އޮކިޔުޕޭޝަނަލް ތެރަޕީ އަދި ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން ދޭ އިމަޖެންސީ ފަރުވާގެ ދާއިރާތަކަކީ ތަމްރީނު ލިބިފައިވާ ފަންނީ މީހުންގެ ދަތިކަން ރާއްޖެއަށް ކުރިމަތިވެފައިވާ ދާއިރާތަކެއް ކަމަށް އެމްއެންޔޫއިން ބުންޏެވެ.
މި ތިން ޕްރޮގްރާމަކީ ވެސް އެލައިޑް ހެލްތް ކައުންސިލުން އެކްރެޑިޓްކޮށްފައިވާ ޕްރޮގްރާމުތަކެއް ކަމުން، ކާމިޔާބުކަމާއެކު ކިޔެވުން ފުރިހަމަކުރާ ދަރިވަރުންނަށް ރާއްޖޭގައި މަސައްކަތް ކުރުމުގެ ލައިސެންސް ލިބޭނެ ކަމަށް އެ ޔުނިވަރސިޓީން ބުންޏެވެ.
މިކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރަމުން ގައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރު ޑރ. އާއިޝަތު ޝެހެނާޒް އާދަމް ބުނި ގޮތުގައި، މިއީ ހަމައެކަނި އާ އެކެޑެމިކް ޕްރޮގްރާމުތަކެއް ތައާރަފުކުރުމެއް ނޫނެވެ. މިއީ ރާއްޖޭގެ ސިއްހީ ދާއިރާގެ މުސްތަގުބަލު ބައްޓަންކުރުމެވެ. އަދި މިއީ ރައްޔިތުންނަށް އިންވެސްޓްކޮށް ސިއްހީ ނިޒާމު ވަރުގަދަކޮށް، ގައުމުގެ ތަރައްގީއަށް މާނަވީ ގޮތެއްގައި ހިއްސާކުރާނެ ހުނަރުވެރި ޖީލެއް ބިނާކުރުމުގެ މަސައްކަތް ކަމަށްވެސް އޭނާ ބުންޏެވެ.
މި ޕްރޮގްރާމުތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. އެމްއެންޔޫގެ ޕޯޓަލް މެދުވެރިކޮށް 30 ޖުލައި 2026 ގެ 14:00 ގެ ކުރިން ފޯމު ހުށަހެޅޭނެ ކަމަށާއި، އިތުރު މައުލޫމާތު 1445 އިން ލިބޭނެ ކަމަށް އެ ޔުނިވަރސިޓީން ބުންޏެވެ. އަދި ޕެރަމެޑިކް ސައިންސަސް އަށް ކުރިމަތިލާ ކެންޑިޑޭޓުން ނަފްސާނީ އަދި ޖިސްމާނީ ފިޓްނަސް އެސެސްމެންޓެއް ހަދަން ޖެހޭނެއެވެ.
މީގެ އިތުރުން، މެރިޓައިމް ސްޓަޑީޒް، ސޯޝަލް ސައިންސަސް، އިންޖިނިއަރިން، ލޯ އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަން ހިމެނޭ ގޮތަށް މާސްޓާޒް އަދި ޕީއެޗްޑީ ޕްރޮގްރާމުތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ގައުމީ ޔުނިވަރސިޓީން ވަނީ ހާމަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ