ހުޅުމާލެ ޖަލުގެ ތިން ޔުނިޓެއް ރިމާންޑް ފެސިލިޓީއެއްގެ ގޮތުގައި ކަނޑައަޅައިފި

ހުޅުމާލެ ޖަލުގެ ތިން ޔުނިޓެއް ރިމާންޑް ޖަލެއްގެ ގޮތުގައި ރަސްމީކޮށް މިހާރު ވަނީ ކަނޑައަޅާފައެވެ. މި ނިންމުމާއެކު، ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަންޖެހޭ މީހުން ބޭތިއްބުމަށް ހާއްސަ އިންތިޒާމުތަކެއް ހުޅުމާލެ ޖަލުގައި ވަނީ ގާއިމުކުރެވިފައެވެ.
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ހާމަކޮށްފައިވާ ގޮތުގައި، ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން، ހުޅުމާލެ ޖަލުގެ ޔުނިޓް 6 ގެ ސެލް 1 އަދި ސެލް 2 ވަނީ ރިމާންޑް ޖަލު ފެސިލިޓީތަކެއްގެ ގޮތުގައި ކަނޑައަޅާފައެވެ. މި ތަންތަން ހިންގަމުންދާނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުންނެވެ.
ރިމާންޑް ޖަލަކީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ ނަމަވެސް، ކޯޓަކުން އަދި ކުށް ސާބިތުވެ ހުކުމެއް ކޮށްފައިނުވާ މީހުން ބޭތިއްބުމަށް ބޭނުންކުރާ ތަނެކެވެ. މިއީ ކޯޓުން ކުށް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުންދާ ގައިދީން ބައިތިއްބާ އާންމު ޖަލުތަކާ ތަފާތު ތަނެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ