އުރީދޫގެ އެފްސީ 26 އީ-ސްޕޯޓްސް މުބާރާތުގެ ޗެމްޕިއަނަކަށް ޒަމީލް

އުރީދޫން ކުރިއަށްގެންދިޔަ ފޯރިގަދަ އެފްސީ 26 އީ-ސްޕޯޓްސް މުބާރާތް، 'އުރީދޫ ނޭޝަން ކަޕް 2026' ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.
ވީ ކިހިނެއް؟ - މިއީ ފީފާ ވޯލްޑް ކަޕް 2026އާ ދިމާކޮށް އެ ކުންފުނިން ކުރިއަށްގެންދާ ހަރަކާތްތަކުގެ ބައެއްގެ ގޮތުން ބޭއްވި މުބާރާތެކެވެ.
ތަފްސީލް - މި މުބާރާތުގައި ރާއްޖޭގެ މޮޅު 48 އެފްސީ 26 ކުޅުންތެރިން ބައިވެރިވެފައިވާއިރު، ކޮންމެ ކުޅުންތެރިއަކު ވެސް ތަމްސީލުކޮށްފައިވަނީ ފީފާ ވޯލްޑް ކަޕް 2026ގައި ވާދަކުރާ 48 ގައުމުގެ ތެރެއިން ގައުމެކެވެ.
ވާދަވެރި މެޗުތަކަކަށް ފަހު، ދެކުނު ކޮރެއާ ތަމްސީލުކުރި މުހައްމަދު ޒަމީލް ޒިހުނީ ވަނީ މުޅި މުބާރާތުގައި ވެސް މޮޅު ކުޅުމެއް ދައްކައި އުރީދޫ ނޭޝަން ކަޕްގެ ޗެމްޕިއަންކަން ހޯދާފަ އެވެ.
މުބާރާތުގެ ރަނައަޕް މަގާމު ސައުދީ އަރަބިއްޔާ ތަމްސީލުކުރި އަބްދުﷲ މާހިލް ހޯދިއިރު، ތިންވަނަ ހޯދީ އޮސްޓްރިއާ ތަމްސީލުކުރި ޒަކްވާން ޝިހާދެވެ.
މުބާރާތުގެ ވަނަވަނައަށް ދިޔަ ފަރާތްތަކަށް ފައިސާގެ އިނާމާއި ހައިސެންސް ސްމާޓް ޓީވީ ދީފައިވެ އެވެ އެގޮރުން:
ޗެމްޕިއަން: މުހައްމަދު ޒަމީލް ޒިހުނީ (ދެކުނު ކޮރެއާ) – 8,000ރ.، ތަށި، ހައިސެންސް 75 އިންޗީގެ ޔޫއެޗްޑީ 4ކޭ ވިޑާ ސްމާޓް ޓީވީ އަދި ވޯލްޑް ކަޕް ރެޕްލިކާއެއް
ރަނައަޕް: އަބްދުﷲ މާހިލް (ސައުދީ އަރަބިއްޔާ) – 5,000ރ.، ތަށި އަދި ހައިސެންސް 65 އިންޗީގެ ޔޫއެޗްޑީ 4ކޭ ވިޑާ ސްމާޓް ޓީވީއެއް
ތިންވަނަ: ޒަކްވާން ޝިހާދު (އޮސްޓްރިއާ) – 2,000ރ.، ތަށި އަދި ހައިސެންސް 55 އިންޗީގެ ޔޫއެޗްޑީ 4ކޭ ވިޑާ ސްމާޓް ޓީވީއެއް
ފާހަގަކޮށްލެވޭ - އުރީދޫ ނޭޝަން ކަޕް ފަދަ ހަރަކާތްތައް މެދުވެރިކޮށް، އުރީދޫން އަންނަނީ ގޭމިން ދާއިރާގެ ހުނަރުވެރިންނަށް ފުރުސަތުތައް ފަހިކޮށްދީ، އިޖުތިމާއީ ގުޅުން ބަދަހިކޮށް، ފުޓްބޯޅައަށް ދިވެހިންގެ ހިތްތަކުގައި އޮތް ލޯބި ފާހަގަކުރުމަށް ވާދަވެރި މައިދާންތައް ތަނަވަސްކޮށްދީ، ރާއްޖޭގެ އީ-ސްޕޯޓްސް ދާއިރާ ކުރިއެރުވުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ