އުރީދޫ ނޭޝަން ކަޕް 2026ގެ ޗެމްޕިއަންކަން ޒަމީލް ހޯދައިފި
އުރީދޫ މޯލްޑިވްސްއިން ކުރިއަށްގެންދިޔަ ފޯރިގަދަ އެފްސީ 26 އީ-ސްޕޯޓްސް މުބާރާތް، "އުރީދޫ ނޭޝަން ކަޕް 2026" ކާމިޔާބުކަމާއެކު ނިންމާލައި، މުބާރާތުގެ ޗެމްޕިއަންކަން މުޙައްމަދު ޒަމީލް ޒިހުނީ ހޯދައިފިއެވެ. މިއީ ފީފާ ވޯލްޑް ކަޕް 2026 އާ ދިމާކޮށް އެ ކުންފުނިން ކުރިއަށްގެންދާ "އުރީދޫ ފުޓުބޯޅް ފޯރި" ހަރަކާތްތަކުގެ ބައެއްގެ ގޮތުން ބޭއްވި ޚާއްސަ މުބާރާތެކެވެ. އުރީދޫ މޯލްޑިވްސްއިން ކުރިއަށްގެންދިޔަ ފޯރިގަދަ އެފްސީ 26 އީ-ސްޕޯޓްސް މުބާރާތް، "އުރީދޫ ނޭޝަން ކަޕް 2026" ގެތެރެއިން.. ފޮޓޯ/ އުރީދޫ މި މުބާރާތުގައި ރާއްޖޭގެ މޮޅު 48 އެފްސީ 26 ކުޅުންތެރިން ބައިވެރިވެފައިވާއިރު، ކޮންމެ ކުޅުންތެރިއަކު ވެސް ތަމްސީލުކޮށްފައިވަނީ ފީފާ ވޯލްޑް ކަޕް 2026 ގައި ވާދަކުރާ 48 ގައުމުގެ ތެރެއިން ގައުމެކެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ފޯރިއާއި ރޫޙު އީ-ސްޕޯޓްސް މެދުވެރިކޮށް ދައްކުވައިދިން ތަފާތު މުބާރާތެކެވެ. އުރީދޫ މޯލްޑިވްސްއިން ކުރިއަށްގެންދިޔަ ފޯރިގަދަ އެފްސީ 26 އީ-ސްޕޯޓްސް މުބާރާތް، "އުރީދޫ ނޭޝަން ކަޕް 2026" ގެތެރެއިން.. ފޮޓޯ/ އުރީދޫ ވާދަވެރި މެޗުތަކަކަށްފަހު، ދެކުނު ކޮރެއާ ތަމްސީލުކުރި މުޙައްމަދު ޒަމީލް ޒިހުނީ ވަނީ މުޅި މުބާރާތުގައި ވެސް މޮޅު ކުޅުމެއް ދައްކައި، އުރީދޫ ނޭޝަން ކަޕްގެ ޗެމްޕިއަންކަން ކަށަވަރުކޮށްފައެވެ. މުބާރާތުގެ ރަނައަޕް މަގާމު ސައުދީ އަރަބިއްޔާ ތަމްސީލުކުރި ޢަބްދުﷲ މާހިލް ހޯދިއިރު، ތިންވަނަ ނުވަތަ ސެކަންޑް ރަނައަޕް ހޯދީ އޮސްޓްރިއާ ތަމްސީލުކުރި ޒަކްވާން ޝިހާދެވެ. އުރީދޫ މޯލްޑިވްސްއިން ކުރިއަށްގެންދިޔަ ފޯރިގަދަ އެފްސީ 26 އީ-ސްޕޯޓްސް މުބާރާތް، "އުރީދޫ ނޭޝަން ކަޕް 2026" ގެ ތެރެއިން.. ފޮޓޯ/ އުރީދޫ ވަނަވަނައަށް ދިޔަ ފަރާތްތަކަށް ދެވުނު އިނާމުތައް: ޗެމްޕިއަން: މުޙައްމަދު ޒަމީލް ޒިހުނީ (ދެކުނު ކޮރެއާ) - 8,000 ރުފިޔާގެ ފައިސާގެ އިނާމު، މުބާރާތުގެ ތަށި، ހައިސެންސް 75 އިންޗީގެ ޔޫއެޗްޑީ 4ކޭ ވިޑާ ސްމާޓް ޓީވީ އަދި ވޯލްޑް ކަޕް ރެޕްލިކާއެއް. ރަނައަޕް: ޢަބްދުﷲ މާހިލް (ސައުދީ އަރަބިއްޔާ) - 5,000 ރުފިޔާގެ ފައިސާގެ އިނާމު، ތަށި އަދި ހައިސެންސް 65 އިންޗީގެ ޔޫއެޗްޑީ 4ކޭ ވިޑާ ސްމާޓް ޓީވީއެއް. ތިންވަނަ: ޒަކްވާން ޝިހާދު (އޮސްޓްރިއާ) - 2,000 ރުފިޔާގެ ފައިސާގެ އިނާމު، ތަށި އަދި ހައިސެންސް 55 އިންޗީގެ ޔޫއެޗްޑީ 4ކޭ ވިޑާ ސްމާޓް ޓީވީއެއް. އުރީދޫ މޯލްޑިވްސްއިން ކުރިއަށްގެންދިޔަ ފޯރިގަދަ އެފްސީ 26 އީ-ސްޕޯޓްސް މުބާރާތް، "އުރީދޫ ނޭޝަން ކަޕް 2026" ގެތެރެއިން.. ފޮޓޯ/ އުރީދޫ އުރީދޫ ނޭޝަން ކަޕަކީ، ފީފާ ވޯލްޑް ކަޕާ ދިމާކޮށް ފުޓްބޯޅަ ސަޕޯޓަރުންނަށް ޚާއްޞަ ޕްރޮމޯޝަންތަކާއި، ޑިޖިޓަލް ތަޖުރިބާތަކާއި، އީ-ސްޕޯޓްސް މުބާރާތްތައް މެދުވެރިކޮށް ފޯރިގަދަ މާޙައުލެއް ބިނާކުރުމަށް އުރީދޫ މޯލްޑިވްސްއިން ކުރިއަށްގެންދާ ކެމްޕޭނުގެ މުހިންމު ބައެކެވެ. މިފަދަ ހަރަކާތްތަކުގެ މަގްސަދަކީ ގޭމިންގް ދާއިރާގެ ހުނަރުވެރިންނަށް ފުރުސަތުތައް ފަހިކޮށްދީ، ރާއްޖޭގެ އީ-ސްޕޯޓްސް ދާއިރާ އިތުރަށް ކުރިއެރުވުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ