ކުއްލިއަކަށް މުއްސަނދިންނަށް ވީ މީހުން ސީޔާސީ ދާއިރާގައި މަދު ނޫންކަމަށް ބުނެ އެކަމަށް ފިޔަވަޅު ނޭޅޭތީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މެމްބަރު މިފަދައިން ކަންބޮޑުވުން ފާޅުކުރެއްވީ ނުހައްގު މުއްސަނދިކަން ހޯދާ ލިބިގަތުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށްބުނެ އެމްޑިޕީގެ ކެމްޕެއިން ޕޯސްޓަރެއްގައި ލިޔެފައިވާ ލިޔުމެއް ހިއްސާކުރައްވައި ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައެވެ.
މެމްބަރު ވިދާޅުވީ މިކަމަށް ގާނޫނެއް ހެދިޔަސް ތަންފީޒު ކުރެވިފައި ނުވާ ކަމަށެވެ. އެހެންނަމަ މީގެ އެންމެ މައްސަލައެއް ބެލޭނެ ކަމަށް މެމްބަރު ވިދާޅުވިއެވެ.
ރާއްޖޭގައި ކޮރަޕްޝަންގެ ޢަމަލުތައް ހިންގުން އިތުރު ވަމުންދާ ދަނޑިވަޅެއްގައި، ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ޤާނޫނުގައި ކޮރަޕްޝަންގެ ގޮތުގައި ކަނޑައަޅާފައިވާ ކުށް ކުށަކީ ޒަމާނާ ނުބައްދަލު ކުށްތަކެއް ކަމުގައި ވާތީ، އެފަދަ ކުށްތައް މިހާރަށް ފެތޭގޮތަށް ބަދަލުކޮށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގައި އެ ކުށްތައް ހިމެނުމަށްޓައި ނުހައްގު މުއްސަނދިކަން ހޯދާ ލިބިގަތުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ޤާނޫނުލްޢުޤޫބާތަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކޮށް އެކުލަވާލައި ވަނީ ފާސްކޮށްފައެވެ.
ނުހައްގު މުއްސަނދިކަން ހޯދާ ލިބިގަތުމުގައި އަލަށް ކަނޑައަޅާ ކުށްތަކުގެ ތެރޭގައި، ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށުގެ އިތުރުން ނުފޫޒުން ވިޔަފާރިކުރުމުގެ ކުށާއި، ދައުލަތުގެ މުދަލާއި ފައިސާ އަށް ޚިޔާނާތްތެރިވުމުގެ ކުށާއި، ބޭރު ދައުލަތެއްގެ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެއްގެ މުވައްޒަފަކަށް ރިޝްވަތު ދިނުމުގެ ކުށްވެސް ވަނީ ހިމަނާފައެވެ.
މިފަދަ ކުށެއް ރައީސުލްޖުމްހޫރިއްޔާކަމުގެ ނުވަތަ ވަޒީރުކަމުގެ ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ނުވަތަ ފަނޑިޔާރުކަމުގެ މަޤާމެއްގައި ހުރި ފަރާތަކުން ކޮށްފިނަމަ، އެކުށަކީ ޖިނާޔަތުގެ 2 ވަނަ ދަރަޖައިގެ ކުށެެއް ކަމަށް ބިލުގައިވެއެވެ. އެ ނޫން ޙާލަތްތަކުގައި އެކުށަކީ ޖިނާޔަތުގެ 3ވަނަ ދަރަޖައިގެ ކުށެކެވެ.
ޖިނާޔަތުގެ ދެވަނަ ދަރަޖައިގެ ކުށަކަށް ކަނޑައެޅޭނެ އެންމެ ބޮޑު އަދަބަކީ 15 އަހަރުގެ ޖަލު ހުކުމެކެވެ. ތިންވަނަ ދަރަޖައިގެ ކުށަކަށް ކަނޑައެޅޭނެ އެންމެ ބޮޑު އަދަބަކީ 8 އަހަރުގެ ޖަލު ހުކުމެކެވެ.
ކުއްލިއަކަށް މުއްސަނދިންނަށް ވީ މީހުން މަދެއް ނޫން: މެމްބަރު ވަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ