ކުރީގެ މެމްބަރު ފަލާހު އަލުން ޕީޕީއެމަށް
ރައްޔިތުންގެ މަޖުލީހުގެ މިދިޔަ ދައުރުގައި އިނގުރައިދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި އިބްރާހިމް ފަލާހު ޕީޕީއެމްއާ ގުޅިވަޑައިގެންފި އެވެ.ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ފަހާލް ވަނީ ޕީޕީއެމްއާއި ގުޅިވަޑައިގެން ކަމުގެ ފޯމު ޕީއެންސީގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ އާއި ހަވާލުކުރައްވާފައެވެ.މިދިޔަ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުން ލިބުނު ނާކާމިޔާބީއާއެކު ފަލާހު ވަނީ އެ ޕާޓީ ދޫކޮށް ޖުމްހޫރީ ޕާޓީއާ ގުޅިފަ އެވެ. ނަމަވެސް ޖޭޕީގެ ހަރަކާތްތަކުން އޭނާ ފެނިފައެއް ނުވެ އެވެ.ފަލާހުގެ އިތުރުން ގިނަ އަދަދެއްގެ ޒުވާނުންތަކެއް ވެސް މިރޭ ވަނީ ޕީޕީއެމަށް ސޮއިކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ