ޖޭޕީއާއެކު ކޯލިޝަން ނުހަދަން ޔާމީން އަންގަވައިފި

މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން ނުހަދަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީޕީއެމް/ޕީއެންސީ އަށް އިއްޔެ އަންގަވައިފި އެވެ.މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތަ ވޯޓު ކަށަވަރު ނުކުރެވި އިންތިޚާބު ވަނީ ދެވަނަ ބުރަކަށް ގޮސްފައެވެ. އެހެންވެ، އެ ކަމުގެ އުފާ ފާޅުކުރަން ރޭ ބޭއްވި ޖަލްސާއެއްގައި ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވަނީ ފުރަތަމަ ބުރުން ނާކާމިޔާބުވީ ހަ ކެންޑިޑޭޓުންނަށް ވެސް ކޯލިޝަން ހެދުމަށް ދައުވަތު އަރުވައިފައެވެ.އެކަމަކު، ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިޔާނާތްވެ، އެ ފައިސާ ލޯންޑާ ކުރިކަން ސާބިތުވެ 11 އަހަރަށް ޖަލަށްލާފައިވާ ޔާމީން ޖަލުން ފޮނުއްވި ނޯޓެއްގައި ވަނީ ޖޭޕީއާ އެކު މަޝްވަރާ ނުކުރާން އެދިލައްވައިފައެވެ. ޕީޕީއެމްގެ އިސް އޮފިޝަލަކު ވަނީ އެކަން "ހޯރަ"އަށް ކަށަވަރު ކޮށްދެއްވައިފައެވެ.ޖޭޕީއާ އެކު ކޯލިޝަން ނުހެދުމަށް ޔާމީންގެ އެންގެވުމެއް އައިއިރު، ގާސިމްގެ އަރިހުގައި އެންމެ އިސްކޮށް އުޅުއްވާ ބައެއް ބޭފުޅުންނަކީ ޔާމީނާ އެކު ޕީޕީއެމްގައި ވަރަށް އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅުންނެވެ. އޭގެ ތެރޭގައި އަހުމަދު ނިހާނާއި އިލްހާމް އަހުމަދާއި ރިޔާޒް ރަޝީދާއި ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް މުއިއްޒާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް މިހާރު ގެންދަވަނީ އެހެން ފަރާތްތަކާ އެކު މަޝްވަރާތައް ފައްޓަވައިފަ އެވެ.އެ ބައްދަލުވުމަށް ފަހު، އެ ޓީމުގެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ، މުއިއްޒަށް އިތުރު ތާއީދާއި ހިތްވަރު ދިނުމަށް ޔާމީން މިއަދު އެދިވަޑައިގަންނަވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ