ސްކޫލް ކުއްޖެއްގެ ދަބަސް ވަގަށް ނެގި މީހަކު ހައްޔަރުކޮށް ވަގަށް ނެގި ތަކެތި ވެރިފަރާތާ ހަވާލު ކޮށްފިއެވެ. 
ފޭސްބުކުގައި އަބްދުލް ހަމީދް ނަމަކަށް ކިޔާ މީހަކު ކުރި ޕޯސްޓެއްގައި ވަނީ އޭނާގެ ދަރިފުޅުގެ ސްކޫލް ދަބަސް ވަގަށް ނަގައިގެން ގޮސްފައިވާ މީހާގެ ފޮޓޯއާ އެކު އާންމުކޮށްފައެވެ. އެ ދަބަހުގައި އޭނާގެ ދަރިފުޅު ގްރޭޑް 9ގައި ޓެސްޓް ޕޭޕަރާއި ހުރިހާ ފޮތްތަކެއް ވެސް ވާނެ ކަމަށް އެ މީހާ ވަނީ ބުނެފައެވެ.
ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށޫން ހައްޔަރަުކޮށްފައި ވަނީ އުމުރުން 33 އަހަރުގެ ނ. ވެލިދޫ، ހިފާޒް، އަހްމަދު މާޖިދު ކަމަށެވެ. 
އަދި އޭނާ ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ ދަބަހާިއ އެ ދަބަސް އެތެރޭގައި ހުރި ތަކެތި ހޯދައިފައިވާ ކަމަށާއި އެ ތަކެތި ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
    
    ގްރޭޑް 9 ގެ ދަރިވަރެއްގެ ސްކޫލް ދަބަސް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
             
             
            