ރައީސްގެ އިޤްތިޞާދީ ބަދަލުތަކަކީ ދުނިޔެއިން ބަލައިގަންނަ ފައިދާ ހުރި ސިޔާސަތުތަކެއް: ޒަމީރު

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ރާއްޖެއަށް ގެންނެވި އިޤްތިޞާދީ ބަދަލުތަކަކީ ބައިނަލްއަޤްވާމީ ދުނިޔެއިންވެސް ބަލައިގަންނަ، ދިވެހި ރައްޔިތުންނަށް ނުހަނު ފައިދާހުރި ސިޔާސަތުތަކެއް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ޒަމީރު މިހެން ވިދާޅުވީ، ޕީއެންސީ އިން ރޭ މާލޭގައި ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
"ހަނގުރާމައިގެ މިދަތި ހާލުގައިވެސް ރައީސް ގެންގުޅުއްވި އިޤްތިޞާދީ ސިޔާސަތު ރަނގަޅުވުމުން ނޫންތޯ ޕިޗުން މިވަރުގެ ރޭޓިންއެއް ރާއްޖެއަށް ދިނީ. ރައީސްގެ ވެރިކަމުގައި ގެންނެވި އިޤްތިޞާދީ ބަދަލުތަކަކީ ދުނިޔޭގައިވެސް ބަލައިގަންނަ ރާއްޖެގެ ރައްޔިތުންނަށް ވަރަށް ފައިދާ ހުރި ޕޮލިސީއެއް" ކުރީގެ ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ