ނަޝީދު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަ ކުރައްވަނީ

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ފައްޔާޒް އިސްމާއިލް އަށް ތާއީދު ކުރައްވައި، ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ވާދަ ކުރައްވަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފި އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީޖީ އައްބާސް ޝަރީފް ވަނީ އެ މައްސަލަ އަވަސްކުރުމަށް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދަށް ސިޓީއަކުން އަންގަވައިފަ އެވެ. އެގޮތުން އެ ހަމަލާއާ ގުޅިގެން އެކަމުގައި ފަންޑުކުރި ފަރާތްތަކާ ގުޅުންހުރި ތަހުގީގުތައް އަވަސްކޮށް، ވީ އެންމެ އަވަހަށް ހުށަހެޅުމަށް ޕީޖީ އޮފީހުން ވަނީ އަންގައިފަ އެވެ.ނަޝީދު އަވަހާރަކޮށްލުމަށް 2021 ގެ މެއި ހަ ވަނަ ދުވަހުގެރޭ ދިން ހަމަލައާ ގުޅިގެން ދައުވާކޮށްފައިވަނީ މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ އިތުރުން މ، ކުދެހިގޭ އިސްހާގާއި އއ. މާޅޮހު، އަސަރީގޭ މުހައްމަދު ނާޒިމްގެ މައްޗަށެވެ. އެ މީހުންގެ މައްސަލަތައް އޮތީ ކޯޓުގަ އެވެ.ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ބައިވެރިވި އަހުމަދު އަދުހަމް ކުށަށް އިއުތިރާފްވުމުން އޭނާއަށް ވަނީ 23 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.ނަޝީދު ވަނީ މީގެ ކުރިން 2005 ވަނަ އަހަރުން 2008 ވަނަ އަހަރާ ހަމައަށް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު އަދާ ކުރައްވައިފަ އެވެ. އަދި 2014 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް ޕާޓީގެ ރައީސްގެ މަގާމުގައި ވެސް ނަޝީދު ހުންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ