އެކަނިވެރި މައިންގެ އެލަވަންސް އަށް ބޮޑުކޮށްފި

އަންނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އެކަނިވެރި މައިންނަށް ދޭ އެލަވަންސް 3،000 ރުފިޔާއަށް ބޮޑުކުރަން ގަވާއިދު އިސްލާހުކޮށްފި އެވެ.މި ބަދަލު ގެނެސްފައިވަނީ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް މާލީ އެހީ ދިނުމާ ބެހޭ ގަވާއިދަށް އިސްލާހު ގެނެސްގެންނެވެ.މި އިސްލާހުގެ ކުރިން އެކަނި ދަރިން ބަލަހައްޓާ ފަރާތްތަކަށް، ކޮންމެ ކުއްޖަކަށް ދެމުން އައީ 1,000 ރުފިޔާގެ އިނާޔަތެކެވެ. އެގޮތުން އެންމެ ގިނަވެގެން ލިބެމުން ދިޔަ އަދަދަކީ 10,000 ރުފިޔާ އެވެ. ނަމަވެސް، މިއަދު ގެނެވުނު އާ ބަދަލާއެކު، އެކަނި ދަރިން ބަލަހައްޓާ މައިންނާއި ބަފައިންނަށް، ހަތަރު ކުދިންނާ ހަމައަށް ކޮންމެ ކުއްޖަކަށް 3,000 ރުފިޔާގެ މާލީ އެހީއެއް ލިބޭނެ އެވެ. މިކަމުގެ ސަބަބުން، މިސާލަކަށް ހަތަރު ކުދިން ތިބޭ ފަރާތްތަކަށް މަހަކު 12,000 ރުފިޔާ ލިބިގެންދާނެ އެވެ.ހަތަރު ކުދިންނަށްވުރެ އިތުރަށް ކުދިން ތިބޭނަމަ، އިތުރުވާ ކޮންމެ ކުއްޖަކަށް މަހަކު 1,000 ރުފިޔާގެ އިތުރު އެހީއެއް ލިބިގެންދާނެއެވެ. މިގޮތަށް ދެވޭ އެލަވަންސްގެ އެންމެ މަތީ އަދަދަކަށް ހަމަޖައްސާފައިވަނީ މަހަކު 15,000 ރުފިޔާ އެވެ. މާނައަކީ، އެކަނި ދަރިން ބަލަހައްޓާ ފަރާތްތަކަށް ކޮންމެ އަހަރަކު ޖުމްލަ 180,000 ރުފިޔާ ލިބިގެންދާނެ އެވެ.ގަވައިދުގައި މީގެ ކުރިން އޮންނަ ގޮތުން، އެކަނިވެރި މައިންނަށް ނުވަތަ ބަފައިންނަށް، ކޮންމެ ކުއްޖަކަށް ދައުލަތުން 1،000 ރުފިޔާ ދޭނެއެވެ. މިއަދު ގެނައި އިސްލާހާއެކު، ހަތަރު ކުދިން ތިބި ނަމަ، ކޮންމެ ކުއްޖަކަށް 3،000 ރުފިޔާއާ ހަމައަށް އެހީތެރިކަން ދައުލަތުން ދޭނެއެވެ. އަދި އޭގެ ފަހުން އިތުރުވާ ކޮންމެ ކުއްޖަކަށް 1،000 ރުފިޔާ ލިބިދެވޭނެކަމަށްވެސް ގާނޫނަށް ގެނައި އިސްލާހުގައިވެއެވެ.މި އިސްލާހަށް އަމަލުކުރަން ފަށާނީ އަންނަ އަހަރުން ފެށިގެންނެވެ.ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)އިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ފަގީރު ހާލަތުގައި އުޅޭ އެކަނިވެރި މައިން ނުވަތަ ބަފައިންގެ ތެރޭ 2،895 މީހަކު އެބަ ތިއްބެވެ. އަދި 4،940 ކުޑަކުއްޖަކަށް މާލީ އެހީތެރިކަން ދެމުން ގެންދާކަން ވެއެވެ.އެ މަހު އެކަނިވެރި މައިންނާއި ބަފައިންނަށާއި އެ މީހުންގެ ދަރިންނަށް 4.94 މިލިއަން ރުފިޔާ ޙާރަދުކުރިކަމަށް އެ ތަފާސްހިސާބުތަކުގައި ވެއެވެ. އެކަނިވެރި މައިންނަށާއި ބަފައިންނަށް ދޭ އެހީތެރިކަން ބޮޑުކުރާނެކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ކުރީކޮޅު ހާމަކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ