ކޯޗު ސުޒޭން އާއި ނަޒީހުގެ ބައްޕަ ހަަސަން އަލީ ނިޔާވެއްޖެ ކޯޗު ސުޒޭން އާއި ނަޒީހުގެ ބައްޕަ ހަަސަން އަލީ ނިޔާވެއްޖެ

މަޝްހޫރު ދެ ފުޓްބޯޅަ ކޯޗުން ކަމަށްވާ އަލީ ސުޒޭން އާއި މުހައްމަދު ނަޒީހުގެ ބައްޕަ، ހަސަން އަލީ ރޭގެ ވަގުތެއްގައި ނިޔާވެއްޖެ އެވެ.
ރާއްޖޭގެ ކުޅިވަރަށް ވެސް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ހަސަން އަލީ ނިޔާވިއިރު، އުމުރަކީ 78 އަހަރެވެ. އޭނާގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮތީ މިއަދު މެންދުރު ނަމާދުގެ ފަހުގައި، މއ. އާސަހަރާ މިސްކިތުގަ އެވެ.
ސުޒޭން އާއި ނަޒީހު އަދި އިބްރާހިމް ޝިނާޒްގެ ބައްޕަ ހަސަން އަލީ އަކީ ޒަމާންވީ ކުޅިވަރުގެ ހިދުމަތްތެރިއެކެވެ. އެ ގޮތުން، ރާއްޖޭގެ އެކި ކުޅިވަރުތަކުގައި ފެނިގެންދިޔަ، ކްލަބް އީގަލްސްގެ މަސްއޫލުވެރިއަކީ ހަސަން އަލީ އެވެ.
މާފަންނުގައި އީގަލްސްގެ ހަރަކާތްތައް ފަށައިގަތުމުގައި އިސްކޮށް އުޅެ، ހަސަން އަލީ ވަނީ 1980ގެ ފަހުކޮޅު އީގަލްސް ރެޖިސްޓްރީކޮށްދިނުމުގައި ބޮޑު ދައުރެއް އަދާކޮށްފަ އެވެ. މީގެ އިތުރުން، އެކި ކުޅިވަރުތަކުގައި ޝާމިލުވެ އުޅުނު ޒުވާނުންނަށް ފުރުސަތުތައް ހޯދައިދިނުމުގައި ވެސް ހަސަން އަލީ އިސް ރޯލެއް ކުޅެފައިވެ އެވެ.
ސުޒޭން އާއި ނަޒީހުގެ އަށް ބައްޕަ، ހަސަން އަލީއާ އެކު އެންމެ ބޮޑު އެއް ހަނދާނަކަށްވާނީ، 2016 ވަނަ އަހަރު އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ވިކްޓަރީ ސްޕޯޓްސް ކްލަބް ކުޅުނު މެޗެެވެ. ސުޒޭންގެ ކޯޗުކަމުގައި މާޒިޔާ އިން 2-1 އިން ނަޒީހުގެ އިރުޝާދުގެ ދަށުން ކުޅުނު ވިކްޓަރީ ބަލިކުރިއިރު، މެޗުގެ ޝަރަފްވެރި މެހެމާނަކީ އެ ދެ ކޯޗުންގެ ބައްޕަ، ހަސަން އަލީ އެވެ. މިއީ، ލީގުގެ ތާރީހުގައި ވެސް އެއްބަނޑު އެއްބަފާ ދެބެން ހަވާލުވެ ހުރި ދެ ޓީމެއްގެ ފުރަތަމަ ކުރިމަތިލުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ