ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ)ގެ މަގާމުން އިއްޔެ ވަކިކުރި އަހުމަދު ޝަމާހު ރަޝީދުގެ ކޮރަޕްޝަން މައްސަލައެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަން ފަށައިފި އެވެ.
ވީ ކިހިނެއް؟ - ޝަމާހު ސްޓެލްކޯގެ އެމްޑީއަކަށް ހަމަޖައްސާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހު، އޭރު އެ މަގާމުގައި ހުންނެވި ހުސައިން ފަހުމީ ވަކިކުރުމަށް ފަހު އެވެ. މަގާމަށް އައްޔަންކުރިތާ ފަސް މަހެއްހާ ދުވަސް ފަހުން ޝަމާހު ކުއްލި ގޮތަކަށް މަގާމުން ވަކިކުރި ސަބަބެއް ސާފެއް ނޫނެވެ.
ތަފްސީލް - ޝަމާހަށް ތުހުމަތުވާ މައްސަލައެއް އެ ކޮމިޝަނަށް ހުށަހަޅާފައިވާކަން އޭސީސީން މިއަދު 'ދައުރު'އަށް ކަށަވަރުކޮށްދިނެވެ. އެކަމަކު އެ މައްސަލަައިގެ ތަފްސީލެއް ނުދެ އެވެ.
ފާހަގަކޮށްލެވޭ - ޝަމާހަކީ މި ސަރުކާރުގައި މިފްކޯގެ ފުރަތަމަ އެމްޑީ އެވެ. އެ މަގާމުގައި އަހަރެއް ނުވަނީސް މެއި 2024ގައި ވަކިކޮށްފައިވެ އެވެ.
އޭރު އޭނާ މަގާމުން ވަކިކޮށްފައިވަނީ ހިޔާނާތުގެ މައްސަލަތަކެއް ފެންމަތިވެ، އެ މައްސަލަ ޕީސީބީން ތަހުގީގު ކުރުމަށް މަގާމުން ސަސްޕެންޑް ވެސް ކުރުމަށް ފަހު އެވެ.
ސްޓެލްކޯއިން ވަކިކުރި ޝަމާހްގެ ކޮރަޕްޝަންގެ މައްސަލައެއް އޭސީސީން ބަލަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ