އޭ-ލެވެލް ނިންމި ދަރިވަރުންނަށް ވިލާ ކޮލެޖުގެ ޖެނުއަރީ އިންޓޭކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި އޭ-ލެވެލް ނިންމި ދަރިވަރުންނަށް ވިލާ ކޮލެޖުގެ ޖެނުއަރީ އިންޓޭކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

އޭ-ލެވެލް އިމްތިހާނުގެ ނަތީޖާ ލިބުނު ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން، ވިލާ ކޮލެޖުގެ މި އަހަރުގެ ޖެނުއަރީ އިންޓޭކަށް އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
ވިލާ ކޮލެޖުން ބުނީ ސެޓްފިކެޓް ލެވެލް 4 އިން ފެށިގެން މާސްޓާސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރީ ޖެނުއަރީ 24، ގެ ނިޔަލަށް ކަމަށެވެ.
ވިލާ ކޮލެޖުގެ މާސްޓާސް ޕްރޮގްރާމްތައް ޖެނުއަރީ 24، ގައި ފަށާއިރު، ޑިގްރީ އަދި ފައުންޑޭޝަން ޕްރޮގްރާމްތައް ފެށުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 25، ގަ އެވެ.
ވިލާ ކޮލެޖުން ވަނީ އޭ-ލެވެލް ނިންމި ދަރިވަރުންނަށް ފަސޭހައިން ޑިގްރީ ޕްރޮގްރާމްތަކުގައި ބައިވެރިވެވޭނެ އިންތިޒާމު ހަމަޖއްސަން އޭ-ލެވެލްގެ މަދުވެގެން ދެ މާއްދާއިން ފާސްވެފައިވެގެން (ނުވަތަ އެއާ އެއްވަރުގެ ޝަރުތެއް ހަމަވުން) އެޕްލައިކުރެވޭ ގޮތަށް ހަދައި، އޭ-ލެވެލް ފާސް ނެތް ނަމަވެސް، އެޗްއެސްސީ އިމްތިހާނުން ފާސްވެފައިވާ މާއްދާތައް ވެސް އޭ-ލެވެލް ފާހުގެ ގޮތުގައި ބެލޭގޮތް ހަދާފަ އެވެ.
މީގެއިތުރުން ޑިގްރީއަށް ޝަރުތު ހަމަނުވާ ދަރިވަރުންނަށް އޯ-ލެވެލްގެ ތިން މާއްދާއިން ފާސްވެފައިވާނަމަ، ވިލާ ކޮލެޖުގެ "ފައުންޑޭޝަން ސްޓަޑީޒް" ޕްރޮގްރާމްތަކުގެ އެހީގައި ޑިގްރީއަށް ބޭނުންވާ ފެންވަރު ހޯދައި، ކިޔެވުމުގެ ބިންގާ އެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.
ޖެނުއަރީ އިންޓޭކަށް ހުޅުވާލި ޕްރޮގްރާމްތަކުގެ ތެރޭގައި އިންފޮމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓާ ސައިންސް، ސައިބާ ސެކިއުރިޓީ، ޑާޓާ ސައިންސް، ސޮފްޓްވެއަރ އިންޖިނިއަރިން، ޓީޗިން، ބިޒްނަސް މެނޭޖްމަންޓް، މާކެޓިން، އެކައުންޓިން އެންޑް ފައިނޭންސް، ބޭންކިން އެންޑް ފައިނޭންސް، ހިއުމަން ރިސޯސް މެނޭޖްމަންޓް، އިންޓަނޭޝަނަލް ބިޒްނަސް، އިކޮނޮމިކްސް، އިންޖިނިއަރިން، ނާސިން އެވެ.
މީގެއިތުރުން ޕަބްލިކް ހެލްތް، ފްލެބޮޓޮމީ، ހެލްތް ސާވިސަސް މެނޭޖްމަންޓް، ލޯ، ޝަރީއާ، ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ، އޭވިއޭޝަން މެނޭޖްމަންޓް، ސައިކޮލޮޖީ، އޯގަނައިޒޭޝަނަލް ސައިކޮލޮޖީ، ކައުންސެލިން، މާސް ކޮމިއުނިކޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓް، ރިސާޗް ސްޓަޑީސް، އިންޓީރިއާ އާކިޓެކްޗާ އެންޑް ޑިޒައިން، އަދި ކަލިނަރީ އާރޓްސް ފަދަ ދާއިރާތަކުގެ ޕްރޮގްރާމްތައް ވެސް ހިމެނެ އެވެ.
ވިލާ ކޮލެޖުން ޖެނުއަރީ އިންޓޭކަށް ހުޅުވާލި ޕްރޮގްރާމުތަކުގެ ތެރޭގައި އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑާއި ޕޯޓްސްމޯތު ޔުނިވާސިޓީ އާއި މެލޭޝިއަގެ ޔުނިވާސިޓީ އޮފް ސައިބަޖަޔާ އަދި ޓޭލާސް ޔުނިވާސިޓީ ހިމެނެ އެވެ.
މީގެ އިތުރުން، ޕޯޓްސްމޯތް ޔުނިވާސިޓީއާ ގުޅިގެން ހިންގާ އިންޖިނިއަރިން ޕްރޮގްރާމްތައް ކިޔަވާ ދަރިވަރުންނަށް، ޑިގްރީގެ ފަހު އަހަރުތައް އެ ޔުނިވާސިޓީގައި ފުރިހަމަކުރުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް ވެސް ވިލާ ކޮލެޖުން ބުންޏެވެ.
ވިލާ ކޮލެޖުގެ އިންޖިނިއަރިން، ޓީޗިން، ނާސިން އަދި ފާމަސީ ދާއިރާގެ ކޯސްތައް ފިޔަވައި، އެހެން ހުރިހާ ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކެއް ވެސް އޮންލައިންކޮށް ކިޔެވުމުގެ ފުރުސަތު ހުޅުވާލެވިފައިވެ އެވެ.
ވިލާ ކޮލެޖުގެ ކިޔެވުން ބައްޓަން ކުރެވިފައިވަނީ ދަރިވަރުންނަކީ މަސައްކަތުގެ މާޙައުލަށް ތައްޔާރުވެފައިވާ ކުދިންތަކަކަށް ހެދުމަށެވެ. މި މަގްސަދު ހާސިލުކުރުމަށްޓަކައި، ކޮންމެ ޕްރޮގްރާމެއްގައި ވެސް ސިމިއުލޭޝަންތަކާއި، އިންޓާންޝިޕް، އެކްސްޓާންޝިޕް އަދި އިންޑަސްޓްރީ އާ ގުޅިގެން ހިންގޭ ޕާޓްނާޝިޕްތަކުގެ ދަށުން އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިކޮށްދެ އެވެ.
ވިލާ ކޮލެޖުގެ ޕްރޮގްރާމްތަކަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ)، ދިވެހިރާއްޖޭގެ ބާ ކައުންސިލް، އަދި އެލައިޑް ހެލްތް ކައުންސިލް ފަދަ މުޙިއްމު އިދާރާތަކުން ގަބޫލުކޮށް، އެކްރެޑިޓްކުރެވިފައިވާ ޕްރޮގްރާމްތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ