ޑްރަގު ވިޔަފާރިކޮށް، އެ ފައިސާ ލޯންޑާ ކުރާ ނެޓްވޯކްތައް ހޯދުމަށް ފުލުހުން ފެށި 'އޮޕަރޭޝަން އަލިމަގު'ގެ ދަށުން އިއްޔެ ހައްޔަރު ކުރި މީހުންގެ ތެރޭ ހިމެނޭ ސިޔާސީ މުވައްޒަފު މަގާމުން ވަކިކޮށްފި އެވެ.
ވީ ކިހިނެއް؟ - ރާއްޖެއިން ޑްރަގު ވިޔަފާރީގައި ބައިވެރިވާ މީހުންނާ ދެކޮޅަށް ފުލުހުން މިދިޔަ ނޮވެމްބަރު މަހު ފެށި 'އޮޕަރޭޝަން އަލިމަގު' ގެ ދަށުން އިއްޔެ ކުރިއަށް ގެންދިޔަ ހަރަކާތުގައި މާލެ އާއި ގއ. އަތޮޅުގެ ބައެއް ރަށްރަށުން 10 ގެ ބަލައި ފާސްކޮށް، ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމުގައި ހުރިއަހްމަދު އަނާމް އިބްރާހިމް، 30، އައިޒަން/ގއ. ވިލިނގިލި ހިމެނެ އެވެ.
ތަފްސީލް - ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު 'ދައުރު' އަށް ވިދާޅުވީ އަނާމް މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.
އަނާމްގެ އިތުރުން އިއްޔެގެ އޮޕަރޭޝަނުގައި ހައްޔަރު ކުރީ؛
ޝައްފާހް ލަތީފް، 28، ޝެވޯނާ/ގއ. ވިލިނގިލި
އަހްމަދު މަދީހު، 33، މިޔުޒިކީއާގެ/ގއ. ވިލިނގިލި
ނޫރުއްނިޒާމް، 35، އަރާއިރުގެ/ގއ.ވިލިނގިލި
އަނާމް އާއި މަދީހު ހައްޔަރުކޮށްފައިވަނީ، އެނގިފައިވާ ގޮތުގައި، މާލެ ސަރަހައްދުންނެވެ. ދެން ތިބި މީހުން ހައްޔަރުކޮށްފައިވަނީ ގއ. ވިލިނގިލިންނެވެ.
ފާހަގަ ކުރެވޭ- އިއްޔެ ހައްޔަރު ކުރި މީހުންގެ ތެރެއިން ބައެއް މީހުންނާ ގުޅުން ހުރި އެކައުންޓުތަކުގައި އެކި ދުވަސް މަތިން މަދުވެގެން 20އަކަށް މިލިއަން ރުފިޔާ ދައުރުކޮށްފައިވާކަން 'ދައުރު'އަށް ވަނީ އެނގިފަ އެވެ.
އޭގެ އިތުރުން، މި ނެޓްވޯކުން އެކި އެކައުންޓުތަކުގައި ދައުރު ކުރި ފައިސާގެ އަދަދު ޖުމްލަ 70 މިލިއަން ރުފިޔާއަށް ވުރެ ގިނަ އެވެ.
ގއ. ނެޓްވޯކުން އަތުލައިގަތް ޕޮލިޓިކަލް ޑިރެކްޓަރު ވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ