ހުއްދަ ނުނަގާ ޕީއެންސީ އޮފީސް އިމާރާތްކުރުމުން ކުރި ޖޫރިމަނާ ދައްކައިފި

ސަރުކާރު ހިންގާ ޕީއެންސީ އިން ހެންވޭރު ބޮޑުތަކުރުފާނު މަގުގައި ބުރާސްފަތި ދުވަހުގެ ރޭ ހުޅުވި ބޮޑު އޮފީސް އިމާރާތް ހެދުމަށް ނަގަން ޖެހޭ ހުއްދަތައް ނުނަގާ އިމާރާތް ކުރުމުން އެ ބިމުގެ ވެރިފަރާތް ކުރި ޖޫރިމަނާ ދައްކައިފި އެވެ.
ވީ ކިހިނެއް؟ - އެ އިމާރާތް ހުންނަ ހ. ވެޔޮވިލާގެ ގޭގެ ވެރި ވެރިފަރާތް މިދިޔަ މަހުގެ 25ގައި ޖޫރިމަނާކުރީ، 128،000ރ. އަށް ވުރެ ބޮޑު އަދަދަކުންނެވެ. އެ ޖޫރިމަނާ ހަތް ދުވަހުގެ ތެރޭ ދައްކަން ވެސް އޮތީ އަންގާފަ އެވެ.
މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވިގޮތުގައި އެ ފައިސާ ދެއްކުމަށްފަހު، އާ ކުރެހުމެއް ވެސް މިހާރު ވަނީ ހުށަހަޅާފަ އެވެ.
އެނގުން މުހިންމު - އާޓިފިޝަލް ބީޗު ސަރަހައްދުގައި ހުންނަ އެ އިމާރާތުގައި މީގެ ކުރިން އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ވެސް އެ ޕާޓީތަކުގެ ހަރުގެ ހިންގި އެވެ.
އެތަން ބޮޑެތި މަރާމާތުތަކެއް ކޮށް އެކު ޖުމްލަ ފަސް ފަންގިފިލާއަށް ހަދާ ޕީއެންސީގެ ބޮޑު އޮފީހަކާއި ހަރުގެއެއްގެ ގޮތުގައި ވަނީ ބޭނުންކުރަން ފަށައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ