އޮތެންޓިކް މޯލްޑިވްސްގެ އަހަރީ ހަފުލާގައި މިނިސްޓަރު ސައީދު ބައިވެރިވެވަޑައިގެންފި ތެލަށް ބަރޯސާވުން ކުޑަކޮށް އިއާދަކުރަނިވި ހަކަތަ އިތުރުކުރުމަކީ އިގްތިސޯދަށް މުހިންމު ކަމެއް: މިނިސްޓަރު ތޯރިގު ހަކަތައިގެ ލަނޑުދަނޑިތައް ހާސިލުކުރަން އިންޓަނޭޝަނަލް ގުޅުން

މި ތަމްރީން ޕްރޮގްރާމް އަމާޒުކޮށްފައިވަނީ އަތޮޅުތެރޭގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި މަސައްކަތްކުރާ އިދާރީ މުވައްޒަފުންނަށެވެ. އޮންލައިންކޮށް ކުރިއަށް ގެންދިޔަ މި ސެޝަންތަކުގައި، މާލީ ކަންކަން ބެލެހެއްޓުމުގައި ދައުލަތުގެ ގަވާއިދުތަކަށް އަމަލުކުރާނެ ގޮތްތަކާއި، އިދާރީ ހިންގުން ހަރުދަނާ ކުރުމަށް ބޭނުންވާ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ.
ހެލްތް މިނިސްޓްރީން ބުނި ގޮތުގައި މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މި ޖެނުއަރީ މަހުގެ 4 ވަނަ ދުވަހުން ފެށިގެން 7 ވަނަ ދުވަހުގެ ނިޔަލަށެވެ. މިފަދަ ތަމްރީންތަކުގެ ސަބަބުން ސިއްހީ ހިދުމަތްދޭ ތަންތަނުގެ އިދާރީ އަދި މާލީ ކަންކަން ބެލެހެއްޓުމުގައި އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ