ބަންގްލަދޭޝްއިން އޮންއެރައިވަލް ވިސާ ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލަން ނިންމާފައިވާތީ، އެ މުއްދަތުގައި އެ ގައުމަށް ދާ ދިވެހިން ދަތުރުގެ ކުރިން ވިސާ ނެގުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން މިރޭ އިލްތިމާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - އަންނަ މަހު ބާއްވާ ބަންގްލަދޭޝްގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން، ބުރާސްފަތި ދުވަހުން މަސް ދުވަހަށް އޮންއެރައިވަލް ވިސާ ދޫކުރުން މެދުކަނޑާލުމަށް އެ ގައުމުގެ ސަރުކާރުން ވަނީ ނިންމާފަ އެވެ. އެކަމަށް ދިވެހިން ސަމާލުވުމަށް އެދި ރާއްޖޭގެ ފޮރިން މިނިސްޓްރީން މިރޭ ވަނީ ބަޔާނެއް ނެރެފަ އެވެ.
ތަފްސީލު - މިނިސްޓްރީން ބުނީ، ވަގުތީ ގޮތުން އޮންއެރައިވަލް ވިސާ ދޫކުރުން ބަންގްލަދޭޝްއިން ހުއްޓާލަނީ އަންނަ މަހު15ގެ ނިޔަލަށް ކަމަށެވެ. މި މުއްދަތުގައި ބަންގަލަދޭޝްއަށް ދަތުރު ކުރާ ދިވެހިން ދަތުރުގެ ކުރިން ރާއްޖޭގައި ހުންނަ ބަންގްލަދޭޝް ހައި ކޮމިޝަނުން ވިސާ ނެގުމަށް އިލްތިމާސް ކުރާ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.
ބަންގްލަދޭޝްގެ އޮންއެރައިވަލް ވިސާއާ ގުޅޭ އިތުރު މައުލޫމާތު އެ ގައުމުގެ އިމިގްރޭޝަން ވެބްސައިޓުން ލިބޭނެ ކަމަށް ވެސް މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.
ބަންގްލަދޭޝްގައި ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ތައުލީމް ހާސިލްކުރަމުންދެ އެވެ. އޭގެ ތެރޭގައި ހާއްސަކޮށް ސިއްހީ ދާއިރާ ހިމެނެ އެވެ.
ބަންގްލަދޭޝްއަށް ދާ ދިވެހިން ވިސާ ނަގަން މިނިސްޓްރީން އިލްތިމާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ