އީދު ބަންދާ ދިމާކޮށް މޯލްޑިވިއަންގެ ދަތުރުތައް ޑާކާއަށް: ޓިކެޓުގެ އަގު ފެށެނީ 399 ޑޮލަރުން ޗައިނާގެ 4 ވަނަ މަންޒިލަށް ގައުމީ އެއާލައިންގެ ދަތުރުތައް ފަށައިފި ފުވައްމުލަކަށް ޖައްސަނިކޮށް، މޯލްޑިވިއަންގެ ބޯޓަކަށް އިންޖީނު މައްސަލައެއް ދިމާވެއްޖެ މޯލްޑިވިއަނ

ދިވެހިރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އާއި ސްރީލަންކަން އެއާލައިންސް ގުޅިގެން ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
މި ޕާޓްނަޝިޕްގެ ދަށުން، އެއް ޓިކެޓެއްގައި މޯލްޑިވިއަން މެދުވެރިކޮށް ކޮލަމްބޯއަށް ދެވޭނެއެވެ. އެތަނުން ފަސޭހަކަމާއެކު ސްރީލަންކަން އެއާލައިންސް މެދުވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރުމުގެ ފުރުސަތު ދިވެހި ދަތުރުވެރިންނަށް ލިބިގެންދާނެއެވެ.
ސްރީލަންކަން އެއާލައިންސް އަކީ ދުނިޔޭގެ މަޝްހޫރު ވަންވޯލްޑް އެލަޔަންސްގެ މެމްބަރެކެވެ. އެ ކުންފުނިން ދުނިޔޭގެ 62 ގައުމެއްގެ 114 މަންޒިލަކަށް ދަތުރުކުރެއެވެ. އެހެންކަމުން މި އެއްބަސްވުމުގެ ސަބަބުން ޔޫރަޕާއި އެމެރިކާ އަދި އޮސްޓްރޭލިއާ ފަދަ ދުރު މަންޒިލްތަކަށް ދަތުރުކުރުމަށް ދިވެހިންނަށް އިތުރު ފަސޭހަތަކެއް ލިބޭނެއެވެ.
މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ، ދެ އެއާލައިންގެ ވިއުގަ ގުޅާލުމަކީ ފަސިންޖަރުންނަށް ފެންވަރު ރަނގަޅު ހިދުމަތްތަކެއް ދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މިއީ ރާއްޖޭގެ ޓޫރިޒަމަށް ވެސް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް އަންނަ ޓޫރިސްޓުންނަށް ވެސް ފަސޭހަތަކެއް ލިބޭނެއެވެ. އެގޮތުން، ކޮލަމްބޯ މަގުން ރާއްޖެ އަންނަ ޓޫރިސްޓުންނަށް މޯލްޑިވިއަން މެދުވެރިކޮށް ރާއްޖޭގެ 17 މަންޒިލަކަށް ފަސޭހަކަމާއެކު ދެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ