ގދ. ގައްދޫގެ ވޯޓުލާ މަރުކަޒުގައި ހަމަނުޖެހުން ހިންގައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ގައްދޫގައި ހަމަނުޖެހުން ހިންގާފައިވަނީ ސްކޫލުގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓެއް ކައިރީގައި ކަމަށެވެ.
ފުލުހުން ވިދާޅުވި ގޮތުގައި ހަމަނުޖެހުން ހިންގީ، ގައްދޫ ސްކޫލުގައި ވޯޓުލުން ކުރިއަށް ދަނިކޮށް، ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށް ތައްޔާރުކޮށްފައިވާ ބޫތެއްގައި، ފާހަގަ ޖަހާއިރު ވޯޓުގެ ސިއްރުކަން ނުހިފޭ ކަމަށްބުނެ ބަޔަކު އެތަނަށް ވަދެ ބޫތަށް ބަދަލު ގެންނަން އުޅުމުގެ ސަބަބުން ކަމަށެވެ.
ނަމަވެސް، މިހާރު އެ ސަރަހައްދު އާންމު ހާލަތަކަށް ގެނެސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިއީ، މިއަދުގެ އިންތިޚާބުގައި ހަމަނުޖެހުން ހިންގި ކަމަށް ފުލުހުން ރިޕޯޓް ކުރި ފުރަތަމަ ވޯޓު ފޮއްޓެވެ. މިހާތަނަށް އިތުރު ފޮއްޓެއްގައި ހަމަނުޖެހުން ހިންގާފައިވާ ކަމުގެ މައުލޫމާތު މިހާތަނަށް ލިބިފައެއް ނުވެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ، ވޯޓުގެ ކަންކަން އަމާންކަމާއެކު ކުރިއަށްދާކަން ކަށަވަރު ކުރުމަށް ވޯޓާ ގުޅޭ ޚާއްސަ އޮޕަރޭޝަން "އޮޕަރޭޝަން ބްލޫ ރޭ" ފަށާފައެވެ. ކޮންމެ އިންތިޚާބަކާ ދިމާކޮށް ފުލުހުން އެލަރޓް ލެވެލް 2 އަކަށް އުފުލާ، ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދެއެވެ.
ގައްދޫގައި ވޯޓުލާ މަރުކަޒުގައި ހަމަނުޖެހުމެއް، އާންމު ހާލަތަށް ގެނެސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ