މިއަދު ކުރިއަށްދާ އިންތިހާބުތަކުގައި މިހާތަނަށް 45 އިންސައްތަ މީހުން މީހުން ވޯޓްލައިފި އެވެ.
މިއަދު ކުރިއަށްދަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބާއި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓްގެ އިންތިހާބެވެ. އިލެކްޝަންސް ކޮމިޝަނުން ދެންމެ ވަނީ މިއަދު 12:00 ގެ ނިޔަލަށް ވޯޓްލީ މީހުންގެ އަދަދު ހާމަކޮށްފަ އެވެ.
އެމްއެމްޓީވީއަށް ދެންމެ ދެއްވި ބަސްދީގަތުމެއްގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ މިހާތަނަށް 45 އިންސައްތަ މީހުން ވޯޓްލާފައިވާ ކަމަށެވެ. މިއީ ރަނގަޅު އިންސައްތައެއް ކަން އޭނާ ފާހަގަ ކުރެއްވި އެވެ.
އިންތިހާބާއި ގުޅިގެން ޝަކުވާތައް ލިބިފައިވާ ކަމަށާ ނަމަވެސް އެއީ ނިސްބަތުން މަދު އަދަދެއް ކަމުގައި ވިދާޅުވި އެވެ. އަދި ބޮޑު ޝަކުވާތަކެއް ނެތް ކަމުގައި ވެސް ވިދާޅުވި އެވެ.
މިހާތަނަށް 131,947 މީހަކު ވޯޓްލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 63,175 އަންހެނުންނާއި 68,772 ފިރިހެނުންނެވެ. އެއީ 21.05 އިންސައްތަ އެވެ.
މި އިންތިހާބުގައި ވޯޓްލުމުގެ ހައްގު 294876 މީހުންނަށް ލިބިފައިވެ އެވެ. މިހާތަނަށް ވޯޓް ނުލަނީ 162929 މީހުންނެވެ. އެއީ 55.25 އިންސައްތަ އެވެ.
އިންތިހާބަށް ތަރުހީބު ރަނގަޅު: 45 އިންސައްތަ މީހުން ވޯޓްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ