ޖޯ ޖޯނަސްގެ ހަޔާތަށް އާ ބައިވެރިއެއް

އެމެރިކާގެ މަޝްހޫރު މިއުޒިކް ޕޮޕް ރޮކް ބޭންޑް "ޖޯނަސް ބްރަދާސް"ގެ މަޝްހޫރު މެންބަރު ޖޯ ޖޯނަސްގެ ހަޔާތަށް އާ ބައިވެރިއެއް އައިކަން ރަސްމީކޮށް ހާމަކޮށްފިއެވެ. އިންސްޓަގްރާމް މެދުވެރިކޮށް ޖޯ ވަނީ އޭނާގެ ހަޔާތުގެ ބައިވެރިޔާ މޮޑެލް ޓަޓިއާނާ ގަބްރިއޭލާގެ ގުޅުން ރަސްމީކޮށް އިއުލާނުކޮށްފައެވެ. މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓަރު ޖޯ ޖޯނަސް، އޭނާގެ ހަޔާތަށް އާ ބައިވެރިއަކު އައިކަން އިއުލާނުކޮށްފައިވަނީ، ކުރީގެ އަންހެނުން ސޯފީ ޓާނާއާ ވަރިވިތާ ގާތްގަނޑަކަށް ދެ އަހަރު ފަހުންނެވެ. ލޯބިވެރިޔާ ޓަޓިއާނާ ގަބްރިއޭލާއާ އެކު ޕުއެރްޓޯ ރީކޯއަށް ކުރި ދަތުރުގެ ގިނަ ފޮޓޯތަކެއް އިންސްޓަގްރާމްގައި ހިއްސާކުރަމުން ކެޕްޝަނެއްގެ ގޮތުގައި ޖޯ ލިޔެފައިވަނީ، "މި ފޮޓޯތައް ތިޔަ ފެންނަނީ ނަމަ، އޭގެ މާނައަކީ މަގޭ ޕުއެރްޓޯ ރީކޯ ޔޫޓިއުބް ވީޑިއޯ މިހާރު ވަނީ އާންމުކުރެވިފައި" މިގޮތަށެވެ. ޔޫޓިއުބްގައި އާންމުކުރި މި ދަތުރުގެ ވްލޮގްގައި ޓަޓިއާނާއާ އެކު ހޭދަކުރި އުފާވެރި ވަގުތުތައް ޖޯ ވަނީ ސަޕޯޓަރުންނާ ހިއްސާކޮށްފައެވެ. ޖޯ ކުރީގެ އަންހެނުން ސޯފީ ޓާނާއާ އެކު--ފޮޓޯ/ދަހޮލީވުޑްރިޕޯޓަ ދެ މީހުންގެ ދެމެދުގައި ލޯބީގެ ގުޅުމެއް އޮތްކަމުގެ އަޑުތައް އެންމެ ފުރަތަމަ ފެތުރެން ފެށީ މިދިޔަ އަހަރުގެ ނޮވެންބަރު މަހެވެ. ޖޯއާއި ސޯފީ ޓާނާގެ ވަރި ރަސްމީކޮށް ނިމުމަކަށް އައީ 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހެވެ. ސޯފީއާއި ޖޯ ވަކިވިއިރު ދެ މީހުންގެ ކައިވެންޏަށް ދެ ކުދިން ވަނީ ލިބިފައެވެ. ސޯފީއަކީ އާއްމުންގެ ބޮޑު މަގުބޫލުކަމެއް ލިބުނު ޓީވީ ސީރީސް "ގޭމްސް އޮފް ތްރޯންސް"ގެ 'ސާންސާ ސްޓާކް'ގެ ކެރެކްޓާއިން ބޮޑު މަޝްހޫރުކަމެއް ހޯދި ފިލްމީ ތަރިއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ