އަންނަ ރޯދަމަހު 30 ހާފިޒުން ދަސްވެނިވާނެ: ޑރ. ޝަހީމް

އަންނަ ރޯދަމަހު ބާއްވާ ހާފިޒުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި 42 ދަރިވަރުން ދަސްވެނިވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. 
ޝަހީމް މޮއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި އަހަރު މިހާތަނަށް 21 ކުއްޖަކު ޤުރުއާން ހިތު ދަސްކޮށްނިންމައި އިމްތިހާން ހަދާފައިވާ ަކަމަށެވެ.
އަދި 7 ކުއްޖެއްގެ އިމްތިހާނު މިހާރު ކުރިއަށްދާއިރު 1 ކުއްޖަކު އިމްތިހާނަށް ތައްޔާރުވެފައިވާ ކަަމަށެވެ.
”އަންނަ ރޯދަ މަހު 27 ވިލޭރޭ 30 ހާފިޒުން ދަސްވެނިވާނެ. މިއީ މިދިޔަ އަހަރާ ބަލާފަ އިތުރު އަދަދެއް.“ ޝަހީމް ވިދާޅުވިއެވެ. 
މީގެ އިތުރުން 27 ވިލޭރޭ 42 ހާފިޒަކު ރައީސުލްޖުމުހޫރިއްޔާގެ މެޑަލް ހާޞިލްކުރާނެކަންވެސް ޝަހީމް ފާހަގަކުރެއްވިއެވެ.
މިނިސްޓްރީގެ އަމާޒަކީ ރައީސް މުޢިއްޒުގެ މި ދައުރުގައި ހާފިޒުންގެ އަދަދު 500 އަށް ގެންދިއުން ކަމަށް މީގެ ކުރިން ޝަހީމް ވަނީ ވިދާޅުވެފައެވެ.
ހާފިޒުންގެ އަދަދު އިތުރުކޮށް ގުރުއާނަަށް ލޯބިކުރާނެ ޖީލެއް ބިނާކުރުމަށް ހިތްވަރު ދެއްވުމަށް ރައީސް ވަނީ ހާފިޒުންގެ އެލަވަންސް މިދިޔަ ޖޫން މަހު ދެގުނަ ބޮޑު ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ