ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިން ރޯދަވެރިންނަށް ހަނދާން މި ކޮށްދެނީ މުހިއްމު ކަމެކެވެ. ރޯދަވީއްލާ ގޮތަށް ގޮނޑީގައި އީށީނދެގެން ނީނުމަށެވެ.
އެ ޖަމްއިއްޔާއިން ސޯޝަލް މީޑިއާ ޕޯސްޓެއްގައި ފާހަގަކުރިގޮތުގައި ރޯދާވީއްލާ ވަގުތު ކާ ކާނާ ހަކަތައަށް ބަދަލު ކުރުމަށް ހަށިގަނޑުން ވަރަށް ބުރަކޮށް މަސައްކަތް ކުރެ އެވެ.
ކާލާ އިރަށް ފުރަތަމަ 30-60 މިނެޓު ތެރޭ ހަށިގަނޑުގައި ބާރު ސްޕީޑުގައި ހިނގަން ފަށާ ކަންކަމުގެ ތެރޭގައި:
ލޭގައި ހަކުރު ހުންނަ މިންވަރު އިތުުރުވޭ
އިންސިއުލިން އުފައްދާ މިންވަރު އިތުރުވޭ
ހިތުގެ ވިންދު އަވަސްވޭ
ލޭގެ ޕްރެޝަރަށް ބަދަލުތަކެއް އާދޭ
ކެއުމަށް ފަހު އަންނަ މި ބަދަލަށް ޕޯސްޓްޕްރެންޑިއަލް މެޓަބޮލިކް ރެސްޕޯންސޭ ކިޔަ އެވެ. އަދި ކެއުމަށް ފަހު ވަގުތުން އިށީނުމުން ނުވަތަ އޮށޯތުމުން ހަށިގަނޑު މި ސްޓްރެސްގައި ހޭދަކުރާ ވަގުތު އިތުރުވެ އެވެ.
އެހެންކަމުން ކޮންމެ ރެޔަކު ރޯދަ ވީއްލަން ކާލާ ގޮތަށް އިށީނދެ ނުވަތަ އޮށޯވެ އޮންނަ ނަމަ ރޯދަމަހުގެ 30 ދުވަހުގެ ތެރޭގައި ހިތުގެ ސިއްހަތަށް އަސަރު ކުރުން އެކަށީގެންވެ އެވެ.
ޓައިނީ ހާޓްސް އިން ބުނިގޮތުގައި ފާއިތުވެދިޔަ ފަސް އަހަރުގެ ދިރާސާތަކުން ދައްކާ ގޮތުގައި ކެއުމަށް ފަހު ނުވަތަ ރޯދަ ވީއްލުމަށް ފަހު 10 މިނެޓު ވަންދެން ލުއިކޮށް ހަރަކާތްތެރިވުމުން ގިނަ ފައިދާތަކެއް ކުރެ އެވެ. އޭގެ ތެރޭގައި:
ކެއުމަށް ފަހު ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކޮށްދޭ
ހަށިގަނޑުގައި ހަކުރު މައްޗަށް ގޮސްފައި ހޭދަވާ ވަގުތު ކުޑަކޮށްދޭ
އިންސިއުލިންއާ ނުލާ ވެސް ހަށިގަނޑުގެ މަސްތަކުން ހަކުރު ބޭނުންކުރާ މިންވަރު އިތުރުކޮށްދޭ
ލޭ ދައުރުވުން ރަނގަޅުކޮށްދޭ
ލޭހޮޅިތަކުގެ މަސައްކަތަށް އެހީތެރިވެދޭ
ކެއުމަށް ފަހު ލޭގެ ޕްރެޝަރުގެ މަތިވިޔަނުދީ ހިފަހައްޓާލާ
މުހިއްމުވަނީ ހަރަކާތްތެރިވެ އުޅޭ ވަގުތެވެ. ހަރަކާތްތެރިވަނީ ކިހާ މިންވަރަކަށްތޯއެއް ނޫނެވެ.
ޓައިނީ ހާޓްސް އޮފް މޯލްޑިސްވް އިން ބާރުއަޅަނީ ރޯދަވީއްލުމަށް ފަހު ތަށިތައް ނަގައި ދޮވެ، ސާފުކޮށް، ގޭތެރެ ހަމައަކަށް އެޅުވުމުގައި ގޭގެ އެންމެން ވެސް ބައިވެރިވެ، މުޅި އާއިލާ ހަރަކާތްތެރިވެ އުޅޭށެވެ. އޭރުން ގޭތެރޭގައި ގެންގުޅެން ޖެހޭ ޒިންމާދާރުކަމާ އެކު، އަމިއްލަ ހިތުގެ ދުޅަހެޔޮކަމަށް ވެސް މަސައްކަތް ކުރެވުނީ އެވެ.
ޓައިނީ ހާޓްސް އިން ހަނދާންކޮށްދިނީ ރޯދަވީއްލައިގެން އިށީނދެ ނީންނަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ