މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 528 މިލިޔަން ރުފިޔާއާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.
ގްރީން ޓެކުހަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ނަގަމުން އަންނަ ޓެކުހެކެވެ. މި ޓެކްސް ނަގަނީ ރާއްޖޭގައި ހިންގާ ރިސޯޓުތަކާއި، ހޮޓާތަކާއި، ގެސްޓްހައުސްތަކުގެ އިތުރުން ފަތުރުވެރިން އުޅޭ އުޅަނދުފަހަރަށް އަންނަ ފަތުރުވެރިންގެ އަތުންނެވެ.
ގްރީން ޓެކުހުގެ އާމްދަނީ އިތުރުވެފައިވާއިރު، ސަރުކާރުން ވަނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މި ޓެކްސް ނަގާ ރޭޓުތަކަށް ބަދަލު ގެނައުމަށް ނިންމާފައެވެ. އެގޮތުން މިހާރު ހަ ޑޮލަރު ނަގަމުންދާ ތަންތަނުން 12 ޑޮލަރަށް އަދި ތިން ޑޮލަރު ނަގަމުންދާ ތަންތަނުން ހަ ޑޮލަރަށް ޓެކްސް ރޭޓު ބޮޑުކުރުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް، އުމުރުން ދެ އަހަރު ނުފުރޭ ކުޑަކުދިންގެ އަތުން މި ޓެކްސް ނެގުން ވަނީ އިސްތިސްނާކޮށްފައެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ހަތް ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ފަތުރުވެރިންގެ އަދަދު އިތުރުވުމަކީ ގްރީން ޓެކުހުގެ އާމްދަނީ އިތުރުވުމަށް މެދުވެރިވި މައިގަނޑު އެއް ސަބަބެވެ.
ގްރީން ޓެކުހުގެ ގޮތުގައި 735 މިލިޔަން ރުފިޔާ ލިބިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ