ކެންސަރު ފަރުވާގެ ފޭކް އިންޖެކްޝަން ޑަބްލިއުއެޗްއޯގެ ސަމާލުކަމަށް ގެނައީ ހެލްތް މިނިސްޓްރީން

ޑަބްލިއުއެޗްއޯއިން ނެރުނު އެލާޓެއްގައި ބުނެފައިވަނީ، ރާއްޖެއާއި މެކްސިކޯއިން ފެނުނު މި ފޭކް ބޭސްތަކުގެ ސަބަބުން ބަލިމީހުންގެ ފުރާނައަށް ނުރައްކާވެ، ފަރުވާގެ ނިޒާމަށް ބޮޑެތި ބުރޫތަކެއް އަރާފާނެ ކަމަށެވެ. "ޑާޒަލެކްސް" އަކީ ކަށީގެ މަދުގެ ކެންސަރުގެ ބާވަތެއް ކަމަށްވާ "މަލްޓިޕަލް މައިލޯމާ" އާއި ލޭގެ ބައްޔެއް ކަމަށްވާ "އެމިލޮއިޑޯސިސް" އަށް ފަރުވާ ކުރުމަށް ބޭނުންކުރާ އެންޓިބޮޑީއެކެވެ. ނަމަވެސް، މި އިންޖެކްޝަން ރާއްޖޭގެ އެއްވެސް މީހަކަށް ޖަހާފައި ނުވާކަމަށް ހެލްތް މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފައެވެ.
ބޭސް ގަންނައިރު ހަމައެކަނި ހުއްދަ ލިބިފައިވާ ބޭސް ފިހާރަތަކުން ބޭސް ހޯދުމަށާއި، ބޭހުގެ ޕެކޭޖިން ރަނގަޅަށް ޗެކް ކުރުމަށް ޑަބްލިއުއެޗްއޯއިން ވަނީ އިލްތިމާސްކޮށްފައެވެ. ބޭހަކާ މެދު ޝައްކުކުރެވޭނަމަ ނުވަތަ ބޭސް ބޭނުންކުރުމުން އާދަޔާ ހިލާފު އަސަރެއް ފެންނަނަމަ ލަސްނުކޮށް ރިޕޯޓްކުރުމަށް ވެސް ވަނީ އަންގާފައެވެ. ޑަބްލިއުއެޗްއޯއިން ލަފާކުރާ ގޮތުގައި ދުނިޔޭގެ ބާޒާރުގައި ބޭނުންކުރާ ކޮންމެ ދިހަ ބޭހަކުން އެއް ބޭހަކީ ފެންވަރު ދަށް ނުވަތަ އޮޅުވާލައިގެން އުފައްދާފައިވާ ބޭހެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ