އަދާލަތު ޕާޓީއާއި އެމްއެންޕީ ފިޔަވައި ހުރިހާ ޕާޓީއަކުން އޮޑިޓް ރިޕޯޓް ހުށަހަޅައިފި

އަދާލަތު ޕާޓީއާއި އެމްއެންޕީ ނޫން ހުރިހާ ޕާޓީއަކުން އޮޑިޓް ރިޕޯޓް ހުށަހަޅައިފިއެވެ.
ސިޔާސީ ޕާޓީގެ ޤާނޫނުގެ ދަށުން ކޮންމެ ސިޔާސީ ޕާޓީއެއްވެސް އަހަރު ނިމުމުން އެ އަހަރެއްގެ އޮޑިޓް ރިޕޯޓް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހެއެވެ. އެގޮތުން 2025ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުތައް ހުށަހެޅުމުގެ ސުންގަޑި މިދިޔަ މެއި މަހުގެ 20ވަނަ ދުވަހު ވަނީ ހަމަވެފައެވެ.
މި މުއްދަތުގައި އޮޑިޓް ރިޕޯޓުތައް ހުށަހަޅާފައިވަނީ، 5 ސިޔާސީ ޕާޓީއަކުން ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއްވައެވެ. އެއީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީއާއި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީއާއި، ޖުމްހޫރީ ޕާޓީއާއި، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް، އެމްޑީއޭއާއި ޕީޕަލްސް ނޭޝަނަލް ފްރަންޓް، ޕީއެންއެފްއެވެ.
އޮޑިޓް ރިޕޯޓް ހުށަނާޅަނީ, އަދާލަތު ޕާޓީއާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ، އެމްއެންޕީންނެވެ.
ޤާނޫނުގައިވާގޮތުން އޮޑިޓް ރިޕޯޓު ހުށަނާޅާ ޕާޓީތަކާމެދު އިލެކްޝަންސް ކޮމިޝަނުން ފިޔަވަޅު އަޅާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ