ފުޑް ކޯޓުގައި މަސައްކަތްކުރާ 27 ބިދޭސީއަކު ހައްޔަރުކޮށްފި

ސަރުކާރުގެ މާސް ލީގަލައިޒޭޝަން ޕްރޮގްރާމުގެ ދަށުން ރާއްޖޭގައި ވަޒީފާ އަދާކުރުމުގެ ހުއްދަ ނެތް މީހުންނާއި، ހުއްދައިގެ މުއްދަތު ހަމަވެފައިވާ މީހުންގެ އިތުރުން ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ނެތް ބިދޭސީންނަށް ވެސް ގާނޫނާ ގަވާއިދުގެ ތެރެއިން ރާއްޖޭގައި އުޅުމަށް ފުރުސަތު ދީފައިވެއެވެ. ނަމަވެސް، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހިފަހައްޓައި ގިނަ އަދަދެއްގެ މީހުން މިހާރު ވެސް ދަނީ ޑީޕޯޓު ކުރަމުންނެވެ.
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމަށް މި ސަރުކާރުން "ކުރަނގި އޮޕަރޭޝަން" ފެށީ މޭ 2024 ގައެވެ. އެ އޮޕަރޭޝަނުގެ ތެރެއިން މިހާތަނަށް 191,723 އަށް ވުރެ ގިނަ ބިދޭސީންގެ 10 އިނގިލީގެ ނިޝާނާއި ފޮޓޯ ނަގައި، ޑޭޓާބޭސް އަޕްޑޭޓުކޮށްފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން މައުލޫމާތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ