ވަޓިކާގެ އުފެއްދުންތަކަށް ލޯބިކުރާ ފަރާތްތަކަށް އުފާވެރި ހަބަރެއް

ސިއްހަތު ރަނގަޅު، ރީތި، ބަބުޅާ އިސްތަށިގަނޑެއްގެ ސިއްރަކީ ކޮބައިކަން އެނގޭހެއްޔެވެ؟ އިތުރަށް ހޯއްދަވާނެ ކަމެއް ނެތެވެ.
އިސްތަށިގަނޑަށް ލޯބިކުރާ ފަރާތްތަކަށް އުފާވެރި ހަބަރެއް އީޔޫ ޕްރައިވެޓް ލިމިޓެޑުން މިވަނީ ގެނެސްދީފަ އެވެ. އެއީ ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ޑާބަރު ޕްރީމިއަމް ހެއާ ކެއާ ބްރޭންޑް "ވަޓިކާ" ގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަރަކަށް އެ ކުންފުނި ވުމެވެ. އެއާއެކު، ގުދުރަތީ މާއްދާތަކުން މުއްސަނދިވެފައިވާ ވަޓިކާގެ އުފެއްދުންތައް އެތެރެކޮށް ވިއްކަން ވަނީ ފަށައިފަ އެވެ. 
Enterprise Development Industrial Pvt Ltd
Yes Maldives Pvt Ltd
MGH Group of Companies
MGH Group of Companies
Zetta Enterprises Pvt Ltd
އިސްތަށިގަނޑު ހިކުމާއި، ކިފުޅިވުމާއި ހަލާކުވުމުގެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ފަރުމާކޮށްފައިވާ ވަޓިކާގެ އުފެއްދުންތަކަކީ ކާށި، ޒައިތޫނި، އާމަންޑް، ކެކްޓަސް، ލޮނުމެދު އަދި ކަޅުދިރި ފަދަ ގުދުރަތީ މާއްދާތައް އެކުލެވޭ އުފެއްދުންތަކެކެވެ. މި މާއްދާތަކުގެ ސަބަބުން އިސްތަށިގަނޑަށް ބޭނުންވާ ފުރިހަމަ ކާނާ ލިބި، އިސްތަށިގަނޑު ވަރުގަދަކޮށްދީ، ބެބުޅުން ގެނެސްދެ އެވެ.
ވަޓިކާގެ އުފެއްދުންތަކުގެ ތެރޭގައި ހިމެނޭ ޝޭމްޕޫ އާއި ކޮންޑިޝަނާގެ އިތުރުން، އިސްތަށި ފޭބުން ހުއްޓުވުމަށް އެހީތެރިވެދޭ ވަޓިކާ ހެއާ އޮއިލް އަދި ޑާބާ އަމްލާ ހެއާ އޮއިލްގެ އެކި ސައިޒުތައް ވެސް އީޔޫ ކުންފުނިން ވަނީ ތައާރަފުކޮށްފަ އެވެ.
އިސްތަށިގަނޑު ރީތިކޮށް ބެހެއްޓުމަށް ބޭނުންކުރާ ވަޓިކާ ހެއާ ކްރީމް، ހެއާ ޖެލް އަދި ހެއާ ފުޑް ވެސް ލިބެން އެބަ ހުއްޓެވެ. 
ހަމައެކަނި އިސްތަށިގަނޑަށް ބޭނުންވާ އުފެއްދުންތަކުގެ އިތުރުން، ހަށިގަނޑުގެ ސާފުތާހިރުކަމާއި ރީތިކަމަށް ބޭނުންވާ ވަޓިކާ ބޮޑީ ވޮޝް، ވަޓިކާ ދަތްއުނގުޅާ ބޭސް އަދި ފެމް ވެކްސް ސްޓްރިޕްސް ވެސް އީޔޫ ޕްރައިވެޓް ލިމިޓެޑުން ވަނީ ތައާރަފުކޮށްފަ އެވެ. 
މި އުފެއްދުންތަކަށް އޮތް ތަރުހީބު އިތުރުކުރުމުގެ ގޮތުން، އީޔޫ ޕްރައިވެޓް ލިމިޓެޑުން ވަނީ ކަސްޓަމަރުން ބޭނުންވާ ތަކެތި މުޅިން ހިލޭ ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް ވެސް ފަށައިފަ އެވެ.
މިއީ ކަސްޓަމަރުންނަށް ރަށުގައި ނުވަތަ ގޭގައި ތިބެގެން ފަސޭހަކަމާއެކު މުދާ ގަނެވޭނެ މަގު ފަހިކޮށްދިނުމަށް އެޅި ފިޔަވަޅެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
މި އުފެއްދުންތަކަށް އޯޑަރު ދިނުމަށް ބޭނުންވާ ފަރާތްތަކުން އެ ކުންފުނީގެ ހޮޓްލައިން ނަންބަރު 9947788 އަށް ގުޅައިގެން ނުވަތަ ވައިބާ މެދުވެރިކޮށް މެސެޖުކޮށްގެން އޯޑަރު ކުރެވޭނެ އެވެ. އަދި މއ. ގޮންގަލިގޭގެ ފުރަތަމަ ފަންގިފިލާގައި ހުންނަ އެ ކުންފުނީގެ ހޯލްސޭލް ބަޔަކަށް ޒިޔާރަތްކޮށްގެން ވެސް މުދާ ބައްލަވައިގަނެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ