ޓޫރިޒަމް ދާއިރާގެ ހިދުމަތްތެރި މީހުން ހޯދަނީ

ޓޫރިޒަމް ދާއިރާއަށް ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ މީހުން ހޯދުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީން ފަށައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާއެއްގައި ބުނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދީފައިވާ ފަރާތްތަކާއި، ދިގު މުއްދަތުގެ ޚިދުމަތުގައި ތިއްބެވި ފަރާތްތަކުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއަށް މުހިއްމު ކުރިއެރުމެއް ގެނައުމުގައި އިސްދައުރެއް އަދާކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތު، އެއްކޮށް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ފަތުރުވެރިކަމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން މައުލޫމާތު ހޯދުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީން ފަށާފައިވާއިރު އާއްމުންގެ ފަރާތުންވެސް މައުލޫމާތު ހިއްސާކުރުމަށް މިނިސްޓްރީން އެދެ އެވެ.
އެހެންކަމުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި 30 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކޮށްފައިވާ ފަރާތްތަކާއި، މިދާއިރާގައި ފާހަގަކޮށްލެވޭ މުހިއްމު ދައުރެއް އަދާކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތު އަންނަ މަހުގެ ހަތަރެއްގެ ކުރިން ހިއްސާކުރުމަށްވެސް މިނިސްޓްރީން އެދިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ