މޫސުން ގޯސްވެ މާރުކޭޓުގައި މަހުގެއަގު އުފުލުމާއި ގުޅިގެން އުފަންވެލި ޝޮޕްތަކުން އަނެއްކާވެސް ކުރިއަށް އޮތް 3 ދުވަހު ކުކުޅު، ކުކުޅުބިސް، ފިޔާ، އަލުވި ޚާއްޞަ ހެޔޮ އަގުގަ ވިއްކަން ނިންމައިފިއެވެ.
ސެޕްޓެމްބަރުމަހުގެ 6، 7، 8 3 ދުވަހު އުފަންވެލި ހުރިހާ ފިހާރަތަކުންވެސް ކުކުޅުބިހެއް އެންމެ ދޮޅުރުފިޔާއަށް، އަލުވި އަދި ފިޔާ ކިލޯއެއް އެންމެ 10 ރުފިޔާއަށް އަދި ކުކުޅު ކިލޯއެއް 49 ރުފިޔާއަށް ވިއްކާނެ ކަމަށް އުފަންވެލި ޝޮޕްތައް ހިންގާ މަޑިހާ ކޮމްޕެނީން ބުނެއެވެ.
"އަޅުގަނޑުމެން މިފަހަރުވެސް ކުރިއަށް އޮތް 3 ދުވަހަށް މިބާވަތްތައް ވަރަށް ބޮޑުތަނުން އަގުހެޔޮމިކުރީ މޫސުން ގޯސްވެ މަހަށް ދިއުން ދަތިވުމުން މާރުކޭޓުގައި މަހުގެ އަގުތައް އުފުލިގެން ދިއުމާއި ގުޅިގެން ވަރަށް ގިނަ ކަސްޓަމަރުން އެކަމަށް އެދޭތީ ކަސްޓަމަރުންނަށް އެހީތެރިވެދިނުމުގެ ގޮތުން. ކަސްޓަމަރުންގެ ޖީބުތަކަށް ވީހާ ލުއިކޮށްދިނުމުގެ ގޮތުން އެކަން މިކުރީ. ކަސްޓަމަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭން އަބަދުވެސް މަސައްކަތްކުރަނީ! އަޅުގަނޑުމެން ވިއްކާ ކުކުޅު ބިހަކީ ވެސް އެންމެ ތާޒާ ކުކުޅުބިސް!" މަޑިހާ ކޮމްޕެނީން ބުނެފައިވެއެވެ.
ގޮހޮރުގެ ބަލިތަކަށް ޚާއްޞަ، ޞިއްޙަތަށް ފައިދާކުރާ މަޑިހާ ބަނާނާ އާއި ކާބޯތަކެތީގެ ތަފާތު ގިނަ ބާވަތްތައް އުފަންވެލި ޝޮޕްތަކުން އަބަދުވެސް ގެންދަނީ ވަރަށް ހެޔޮ އަގުތަކުގައި ވިއްކަމުންނެވެ.
މަޢުލޫމާތަށްޓަކައި:
އުފަންވެލި ޝޮޕް (މާލެ/އޯކިޑްމަގު) ހުންނަނީ ކުއްޅަވައްގެ ކުރިމައްޗަށްވާގޮތަށް އަލިވާގޭ ގޯޅި އޯކިޑްމަގު ކަންމަތީގައެވެ.
ރީޓޭލް: ފޯން- 3008883، ހޯލްސޭލް: 3323628
މޫސުން ގޯސްވެ މާރުކޭޓުގަ މަހުގެއަގު އުފުލުމާއި ގުޅިގެން އުފަންވެލި ޝޮޕްތަކުން އަނެއްކާވެސް ކުރިއަށް އޮތް 3 ދުވަހަށް ކުކުޅު، ކުކުޅުބިސް، ފިޔާ، އަލުވި ޚާއްޞަ ހެޔޮ އަގުގަ ވިއްކާނެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ