މޫސުން ވަރަށް ބޮޑަށް ގޯސްވެ، ރީނދޫ ސަމާލުގެ މުއްދަތު އިތުރުކޮއްފި

މޫސުން ވަރަށް ބޮޑަށް ގޯސްވެ، ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ ސަމާލުގެ މުއްދަތު އިތުރުކޮއްފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް މޫސުން ގޯސްވާނެ ކަމަށް ބުނެފައެވެ.
މެޓް އޮފީހުން މިސަރަހަށްދުތަކަށް ރީނދޫ ސަމާލުގެ މުއްދަތު އިތުރު ކޮއްފައިވަނީ މިރޭ 21:00 ދަންވަރު 2:00 އާ ހަމައަށެވެ.
ސަމާލުގައި ބުނެފައިވަނީ، އެ ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދާނެ ކަމަށާ، ރާއްޖޭގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.
މިސަރަހައްދުތަކަށް އެންމެ ފުރުތަމަ ރީނދޫ ސަމާލު ނެރިފައިވަނީ މިއަދު ހަވީރު 17:00 އިން ރޭގަނޑު 21:00 އާ ހަމައަށެވެ. ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން މެޓް އޮފީހުން ވަނީ ސަމާލުގެ މުއްދަތު އިތުރު ކޮއްފައެވެ.
އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓްއޮފީހުން އިލްތިމާސްކުރެއެވެ.
މިހާރު ރާއްޖެއަށް ކުރަމުން އަންނަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ