ސްކޫލް ޓީޗާސް ކުރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ބިލަބޮންގް ހޯދައިފި

ކްރިކެޓް ބޯރޑުުން އިންތިޒާމްކޮށްގެން ބޭއްވި ފުރަތަމަ ސްކޫލް ޓީޗާސް ކުރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ބިލަބޮންގް ހައި އިންޓަނޭޝަނަލް ސުކޫލް ހޯދައިފި އެވެ.
ޓީޗަރުންގެ މެދުގައި ގުޅުން ބަދަހިކުރުމަށްޓަކައި ބޭއްވި މި މުބާރާތުގެ ޗެމްޕިއަންކަން ބިލަބޮންގް ހޯދީ މިއަދު ހަވީރު ކުޅުނު ފައިނަލްމެޗުގައި ޢިމާދުއްދީންއާއި ބައްދަލުކޮށް 102 ލަނޑުން މޮޅުވެގެން ނެވެ.
ފައިނަލްމެޗްގައި ޓޮސް ދިމާވުމުން ބިލަބޮންގް ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން 148 ލަނޑު ހެދި އެވެ. ޖަވާބުގައި ޢިމާދުއްދީން ކުޅެން އަރާ 8 އޯވަރު ހަމަވިއިރު 5 ކުޅުންތެރިން ނުބައިވެގެން ހަދާފައިވަނީ 46 ލަނޑެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ބިލަބޮންގެ ސެސާން ހޮވުނު އިރު އެންމެ މޮޅު އުކުންތެރިއަކަށް ހޮވުނީ އިމާދުއްދީން ސްކޫލުގެ ސެންތޯސް އެވެ.
މުބާރާތުގައި 8 ޓީމް ވަނީ ބައިވެރިވެފަ އެވެ. އެއީ ގިޔާޒުއްދީން ސުކޫލް، ބިލަބޮންގު އިންޓަނޭޝަނަލް ސުކޫލް، އިމާދުއްދީން ސުކޫލް، ތާޖުއްދީން ސުކޫލް، އަހުމަދިއްޔާ ސުކޫލް، ސީއެޗް އެސް އީ، މުހިޔިއްދީން އަދި ދަރުމަވަންތަ ސްކޫލެވެ.
މުބާރާތުގެ އިނާމް ދިނީ ކްރިކެޓް ބޯރޑުގެ އަމްޕަޔަރސް ކޮމެޓީގެ އަލްފާޝިލް މަހުމޫދު ރިޔާޒާއި، ކުރީގެ އެގްޒެކެޓިވް ކޮމެޓީ މެމްބަރ އަލްފާޝިލް އާމިރު އަލީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ