ނާސަރީ ގްރޭޑްތަކުގައި ކިޔަވާ ދަރިވަރުންގެ ތެރޭގައި ހޭންޑް، ފުޓް އެންޑް މައުތު ޑިޒީސް ފެތުރުމާ ގުޅިގެން މިދިޔަ މަހުގެ ތެރޭގައި އައްޑޫގެ ތިން ސްކޫލެއް ވަގުތީ ގޮތުން ބަންދުކޮށްފައި ވަނިކޮށް އަނެއްކާ ވެސް އިތުރު ސްކޫލެއް ބަންދުކޮށްފި އެވެ.
އައްޑޫ ޕަބްލިކް ހެލްތު ޔުނިޓް ހިންގެވުމާ ހަވާލުވެ ހުންނެވި އިހުތިޝާމް ނަޖީބް މިއަދު ވިދާޅުވީ ހޭންޑް ފުޓް އެންޑް މައުތު ޑިޒީސްގެ ކޭސްތަކެެއް ފެނިގެން މި ފަހަރު ކިޔެވުން މެދުކަނޑާލީ ހިތަދޫ ބޮޑު މަގުގައި ހުންނަ މެދުވަލު ސްކޫލުން ކަމަށެވެ.
މީގެ ކުރިން އެ ބަލި ފެނިގެން ވަގުތީ ގޮތުން ބަންދު ކުރީ މަރަދޫފެދު އުޖާލާ ޕްރީ ސްކޫލާއި ފޭދޫ ކޭޕީއެސްގެ އިތުރުން ހުޅުދޫ ނަސްރިއްޔާ ޕްރީ ސްކޫލުންނެވެ.
އޭނާ ވިދާޅުވީ މިދިޔަ މަހުގެ ތެރޭގައި ފޭދޫ، މަރަދޫފޭދޫ އަދި ހުޅުމީދޫން ވަގުތީ ގޮތުން ބަންދު ކުރަން ޖެހުނު ތިން ސްކޫލްގައި އަލުން ކިޔެވުން މިހާރު ފަށާފައިވާ ކަމަށެވެ.
އަދި މެދުވަލް ސްކޫލް ފިޔަވައި އިތުރު އެހެން އެއްވެސް ސްކޫލަކުން ހޭންޑް ފުޓް މައުތު ޑިޒީސްގެ ކޭހެއް މިހާތަނަށް ފާހަގަ ކުރެވިފައި ނުވާ ކަމަށް އިހުތިޝާމް ވިދާޅުވި އެވެ.
އަދި ވަގުތީ ގޮތުން ކިޔެވުން މެދުކަނޑާލަން އަންގާ ސްކޫލްތަކުގައި އަލުން ކިޔެވުން ފަށަނީ ބަލީގެ އެއްވެސް ނިޝާނެެއް ފެންނަން ނެތްކަން ރިޕޯޓްތަކުން ޔަގީން ކުރުމަށް ފަހު ކަމަށް ވެސް އިހުތިޝާމް ވިދާޅުވި އެވެ.
"މިކަމަށް ސްކޫލްތަކުން ވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ. އަދި މިކަމަށް އިތުރަށް ހޭލުންތެރިކޮށް މައުލޫމާތު ފޯރުކޮށް ދިނުމުގެ މަސައްކަތް ވެސް އަޅުގަނޑުމެން މި އަންނަނީ،" ކުރަމުން އޭނާ ވިދާޅުވި އެވެ. "ކިރިޔާ ވެސް ކުއްޖެއްގެ ކިބައިން ބަލީގެ އަސަރެއް ފެނިއްޖެ ނަމަ އެ ކުއްްޖަކު ސްކޫލަށް ނުފޮނުވުމަކީ ވަރަށް މުހިއްމު ކަމެެއް ބަލި އިތުރަށް ފެތުރިޔަ ނުދިނުމަށްޓަަަަކައި ވެސް."
މެދުވަލު ސްކޫލް ވެސް ވަގުތީ ގޮތުން ބަންދު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ