ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)ގެ ނާއިބު ރައީސް ޝަހީދު މުހައްމަދު މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ހުށަހަޅައިފިއެވެ.
ޝަހީދު މަގާމުން ވަކިކުރުމަށް ހުށަހެޅީ، އެ ކޮމެޓީގެ ހިމެނިވަޑައިގަންނަވާ ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲއެވެ. އޭނާ އެގޮތަށް ހުށަހެޅުއްވީ، ސީއެސްސީގެ ނާއިބު ރައީސް ޝަހީދު ބައެއް މުވައްޒަފުންގެ ހައްގަށް އަރައިގެންފައިވާތީކަމަށް ވިދާޅުވެއެވެ.
މީގެ އިތުރުން، އެ ކޮމިޝަންގެ މެންބަރުން ކޮމެޓީއަށް ހާޒިރުކޮށް މައުލޫމާތު ސާފު ކުރުމަށް ނިިންމާފައި ވެއެވެ. އެ މެންބަރުން ކޮމެޓީއަށް ހާޒިރު ކުރުމަށް ނިންމާފައި ވަނީ މާދަމާ ހެނދުނު 11:30 އަށެވެ. އަދި ކޮމިޝަންގެ މެންބަރުންގެ މަގާމުން ދުރު ކުރުމަށްވެސް އަހްމަދު އަބްދުﷲ ހުށަހަޅާފައި ވެއެވެ.
ސީއެސްސީގައި ހިމެނެނީ ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމާއި ނާއިބު ރައީސް ޝަހީދު މުހައްމަދާއި މެންބަރު ފާތުމަތު އާމިރާއާއި އިބްރާހިމް ޝަހީގާއި ޒަކަރިއްޔާ ހުސައިންއެވެ.
ސީއެސްސީގެ ނާއިބު ރައީސް ޝަހީދު މަގާމުން ވަކިކުރަން ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ