މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައާ ގުޅިގެން ރާއްޖެއަށް ކާރިސާއެއް ކުރިމަތިވެދާނެ ކަމަށް ލަފާ ކުރެވޭތީ ރައްޔިތުން ރައްކާތެރިވެ ތިބުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެދިއްޖެ އެވެ.
އެންޑީއެމްއޭ އިން މިއަދު ބުނީ ކ. އަތޮޅާއި ސ. އަތޮޅާއި ދެމެދުގެ ހިސާބުތަކަށް މިއަދު މެންދުރު 15:00 އިން 21:00 އަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހުމާއި، ފެންބޮޑުވުން އެކަށީގެންވާ ކަމަށެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވެސް ވަނީ އެ ސަރަހައްދަށް ވައިޓް އެލާޓް ނެރިފަ އެވެ. އޭގެ އިތުރުން ކ. އަތޮޅުން ފެށިގެން ތ. އަތޮޅަށް މިރޭ 19:00 އާ ހަމައަށް ނެރިފައި ވަނީ ޔެލޯ އެލާޓެވެ.
އެންޑީއެމްއޭ އިން ބުނީ ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވުން މުހިއްމު ކަމަށާއި ގެއަށް ފެން ނުވަންނާނެހެން ރައްކާތެރި ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.
އެގޮތުން ދޮރުމަތީ ވެލިބަސްތާ ފަދަ ތަކެތި ޖެއްސުމަށް ވަނީ ނަސޭހަތްތެރިވެފަ އެވެ. ގޭގެ ތެރޭގައި ފެންބޮޑުވެއްޖެ ނަމަ ގެއްލުންވާނެ މުދާ ހުރި ނަމަ އެތަކެތި ވެސް އުސް ތަންތަނަށް ބަދަލުކުރަން ވަނީ އެދިފަ އެވެ.
ގެއްލުންވާނެ މުދާ ފެން ނުޖެހޭ ފަދަ އުސްތަންތަނަށް ބަދަލުކުރުން. އުސް ތަންތަނަށް ބަދަލު ނުކުރެވޭ ތަކެތި ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލުކުރުން
ގުގުރާ ހޮނުއެޅުމުގެ ސަބަބުން ހަލާކުވެދާނޭ ފަދަ ކަރަންޓު ތަކެތި ބޭނުން ނުކުރާނަމަ ނިއްވާލާފައި ބަހައްޓަންށާއި، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް ވެސް އެންޑީއެމްއޭ އިން އެދެ އެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ތ. އަތޮޅުގެ ރަށްތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފަ އެވެ.
މޫސުން ގޯސްވެ، ކާރިސާއެއް ދިމާވެދާނެތީ އެންޑީއެމްއޭއިން އިންޒާރުދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ