އިންސާފު ހޯދަށް ނުކުތް ރައްޔިތުން މަގުމަތި ނުވާނެ: މަޚުލޫފު

އިންސާފު ހޯދަށް ނުކުތް ރައްޔިތުން މަގުމަތި ނުވާނޭ ފޯމިއުލާއެއް ކޯލިޝަނުން ހޯދަން ޖެހޭކަމުގައި ރައްޔިިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަޚުލޫފު ވިދާޅުވެއްޖެއެވެ.
މަޚުލޫފު ނިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީނުގެ އަނިޔާވެރިކަން ނިންމުމަށް ޕާޓީތަކުން ވަނީ ކަންތައްތަކަކަށް އެއްބަސްވެފައިކަމަށެވެ.
އެކަންކަމަށް އިހުތިރާމް ކުރުމަކީ ބަދަހިކޮށް މިފަސް އަހަރު ކުރިޔަށް ގެންދިއުމަށް މުހިއްމު ކަމެއް ކަމުގައިވެސް މަޚުލޫފު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އިންސާފު ހޯދަން އެތައް އަހަރުތަކެއް ވަންދެން މަސައްކަތްކުރި ރައްޔިތުން އަލުން މަގުމަތި ނުވާނެ ހުރިހާ ފޯމިއުލާއެއް ކޯލިޝަންގެ ތެރޭން ނެރެން ޖެހޭ ކަމަށެވެ.
މަޚުލޫފު މިހެން ވިދާޅުވެފައި މިވަނީ ރައީސް ޔާމީނު އިންތިޚާބުން ބަލިވުމަށް ފަހު، ރައީސް ޔާމީނުގެ އަރިހުގައި ތިއްބެވި ބައެއް ބޭފުޅުން ކޮޅު ބަދަލު ކުރަމުން އަންނަ ދަނޑިވަޅެއްގައި، އަދި އެކަމާއި މެދު އާއްމުންގެ ފާޑުކިޔުންތައްވެސް އަމާޒުވަމުން އަންނަ ވަގުތެއްގައެވެ.
އިންސާފު ހޯދަން ނުކުން ރައްޔިތުން މަގުމަތި ނުވާނޭ ފޯމިއުލާއެއް ކޯލިޝަނުން ހޯދަން ޖެހޭކަމަށް މަޚުލޫފު ވިދާޅުވި އިރު، އިންތިޚާބީ ރައީސް އިބުރާހިމް މުހައްމަދު ޞާލިޙްގެ ކެމްޕޭންތަކުގައި އެމަނިކުފާނުވެސް އެންމެ އަހަމިއްޔަތުކަމެއް ދެއްވައި ވާހަކަފުޅު ދެއްކެވީ ރައްޔިތުންނަށް އިންސާފު ހޯއްދަވައި ދެއްވުމާއި ގުޅޭގޮތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ