ނަޝީދު، އިމްރާން އަދި ނާޒިމްގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަދި ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުން ރިވިއުކޮށް ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތައް އެ ކޯޓުން ބަލައިގަންނަން ނިންމައިފި އެވެ.
ނަޝީދުގެ މައްޗައް ދައުލަތުން ކޮށްފައިވަނީ ޓެރަރިޒަމްގެ ދައުވާއެވެ. އަދި އެކަން ސާބިތުވެ ރައީސް ނަޝީދުގެ މައްޗައްވަނީ 13 އަހަރުގެ ޖަލު ހުކުމެއް އައިސްފައެވެ.
އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲގެ މައްޗަށް އިއްވާފައިވާ 12 އަހަރުގެ ޖަލު ހުކުމެއް އައީ ހަމަޓެރަރިޒަމް ދައުވާގެ އަކުންނެވެ.
ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމް ގެ މައްޗަށް ހުކުމެއް އައީ އެމްއެމްޕީއާރުސީގެ ހިޔާނާތާގުޅިގެންނެވެ.
ނަޝީދުގެ ހުކުމް ރިވިއު ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅީ ޕީޖީ އޮފީހުގެ ފަރާތުން އެވެ. އަދި އެހެން ބޭފުޅުންގެ މައްސަލަ ހުށަހެޅުއްވީ، އަމިއްލަ ގޮތުން ކަމަށް މައުލޫމާތު ލިބެއެވެ.
ސުޕްރީމް ކޯޓުން މައުލޫމާތު ދެއްވާގޮތުގައި އެބޭފުޅުންގެ ހުކުމްތައް ރިވިއުކޮށް ދިނުމަށް އެދުނު މައްސަލަ އެކޯޓަށް ބަލައިގަތުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ