މޫސުން ގޯސްވެ، ހަ އަތޮޅަކަށް ވައިޓް އެލާޓު ނެރެފި

ރާއްޖޭގެ ސަރަހައްދަށް މޫސުން ގޯސްވެ، ހަތް އަތޮޅަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ވ އަތޮޅުން ލ އަތޮޅާއި ދެމެދުގެ ރަށްތަކަށް މިއަދު ފަތިހު 05:50 އިން ހެދުނު 11:00 ގެ ނިޔަލަށް ވައިޓް އެލާޓް ނެރެފައެވެ. އެއިދާރާއިން ބުނި ގޮތުގައި އެ ސަރަހައްދަށް ގަދަވަޔާއެކު ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.
އޭގެ އިތުރުން ދެކުނާއި މެދުތެރޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އޭގެތެރެއިން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުންވެސް އެކަށީގެންވާކަމަށް މީޓިއޮރޮލޮޖީން ވަނީ ބުނެފައެވެ. އަދި އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ވެސް މީޓިއޮރޮލޮޖީން ވަނީ ބުނެފައެވެ.
އެގޮތުން ވައިޖެހޭނީ އިރުއުތުރާއި އިރުން، އުތުރާއި މެދުތެރޭގެ އަތޮޅު ތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 7 މޭލާއި 17 މޭލާއި ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލާއި 40 މޭލާއި ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މީޓިއޮރޮލޮޖީން ބުނެއެވެ.
މީޓިއޮރޮލޮޖީން ބުނިގޮތުގައި އުތުރާއާއި މެދުތެރޭ އަތޮޅު ތަކުގެ ކަނޑުތައް ގަދަވާނެއެވެ. އަދި ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެއެވެ. އެގޮތުން ރާޅުގެ އުސްމިން 2 - 5 ފޫޓު ހުންނާނެ ކަމަށް ވެސް މީޓިއޮރޮލޮޖީން ވަނީ ބުނެފައެވެ.
މީޓިއޮރޮލޮޖީން ވަނީ މޫސުމަށް ސަމާލުކަން ދިނުމަށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ