މެމްބަރު ލަތީފާ ސައުދު ޖޭޕީއަށް ގުޅިވަޑައިގަންނަވައިފި

މެމްބަރު ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއް ލަތީފާއި، ވިލިގިލީދާއިރާގެ މެމްބަރު ސައުދު ހުސެން ޖޭޕީއަށް ގުޅިވަޑައިގަންނަވައިފިއެވެ.
މި މެމްބަރުން ގުޅިވަޑައިގަތުމާއެކު ޖުމްހޫރީޕާޓީއަށް ނިސްބަތްވާ 22 މެމްބަރުން މިހާރު މަޖިލީހުގައި ތިއްބަވާނެއެވެ. ޖުމްހޫރީ ޕާޓީން މިހާރު ވަނީ ވެރިކަމުގައި އޮތް އެމްޑީޕީގެ މައްޗަށްވެސް މަޖިލީހުގައި ކުރި ހޯދާފައެވެ. އެމްޑީޕީގައި މަޖިލީހުގައި މިހާރު ތިބީ 19 މެމްބަރުންނެވެ.
މަޖިލީހުގައި ޖުމްލަ 85 މެމްބަރުން ތިބޭއިރު، ހަ މެމްބަރުން އިސްތިއުފާ ދެއްވުމުން މިހާރު ތިއްބެވީ 79 މެމްބަރުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ސަރުކާރު ކޯލިޝަންގެ 46 މެމްބަރުންނާއި، ޕީޕިއެމްގެ 28 މެމްބަރުން އަދި އެމްޑީއޭގެ ހަތަރު މެމްބަރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ