މިއަދު ހަވީރު ދޮޅުގަޑި އިރަށް ބްރިޖު ބަންދު ކުރަނީ

ސިނަމާލެ ބްރިޖްގެ ދެކުނު ފަޅި މިއަދު ހަވީރު ދޮޅުގަޑި އިރަށް ބަންދު ކުރަން ނިންމައިފިއެވެ. ޓްރެފިކް ފުލުހުން ވިދާޅުވީ މިއަދު މެންދުރު ފަހު 3:00ކުން ހަވީރު 4:30 ހަމައަށް ސިނަމާލެ ބްރިޖްގެ ހުޅުމާލެއިން މާލެއަށްދާ ފަޅި އާންމު އެއްގަމު ދަތުރުތަކަށް ބަންދުވާނެ ކަމަށެވެ. އަދި ބްރިޖް އުތުރުފަޅީގެ ދެ ލޭންއިން އެއްލޭން ހުޅުމާލެއިން މާލެއަށް ދަތުރުކުރާ އުޅަނދުތަކަށް ހާއްސަ ކުރެވިފައިވާ ވާނެ ކަމަށެވެ. މިއަދު ހަވީރު ބްރިޖް ބަންދުކުރުމަށް ނިންމާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގަތުމާއި ގުޅިގެން މިއަދާއި މާދަމާ ކުރިއަށް ގެންދާ ދުޅަހެޔޮ ހަށިހެޔޮ އީދު ސްޕޯޓްސް ފެސްޓިވަލްގެ ތެރެއިން ބާއްވާ ދުވުމަކަށެވެ. ދުޅަހެޔޮ ހަށިހެޔޮ އީދުގެ ތެރެއިން ބާއްވާ "ސިނަމާލެ ބްރިޖު ރަން" އޮންނާނީ މިއަދު ހަވީރު ހަތަރެއްޖަހާއިރުއެވެ. އަދި ހަރަކާތްތައް ނިންމާލުމަށް ހަމަޖެހިފައިވަނީ 5:30 ގައި ޓްރެކު ސަރަހައްދުން ކަމަށް މައުލޫމާތު ލިބެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ