ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި ހުންނެވުމުގެ ސަބަބުން އެކަށީގެންވާ ފަރުވާ ނުލިބި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބޭސްފަރުވާއަށް މެލޭޝިއާ އަށް ފުރާ ވަޑައިގެންފިއެވެ.
މައުމޫން މެލޭޝިއާއަށް ވަޑައިގެންނެވީ އަނބިކަނބަލުން ނަސްރީނާ އިބްރާހީމާއެކުގައެވެ.
މައުމޫން ބޭސްފަރުވާއަށް ކުރައްވާ ދަތުރުފުޅާ ގުޅޭގޮތުން އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މެލޭޝިއާއަށް ވަޑައިގެންނެވީ މެޑިކަލް ޗެކަޕެއް ހެއްދެެވުމަށްކަމަށެވެ. އަދި ޖަލުގައި އަށް މަސް ހޭދަކުރައްވާފައި ވާއިރު، މެޑިކަލް ޗެކަޕެއް މުހިންމު ކަމަށް ވިދާޅުވިއެވެ.
އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާއި އަދި އެކަމާއި ގުޅިގެން އިއުލާންކުރި ކުއްލި ހާލަތުގެ ދަށުން މައުމޫން ހައްޔަރުކޮށް ޖަލުގައި ބެހެއްޓުމުގެ ސަބަބުން ސިއްހީ ހާލުކޮޅު ގޯސްވެ އެކަމުގެ ކަންބޮޑުވުން އާއިލާއިން ވެސް އެއިރު ވަނީ ފާޅުކޮށްފައެވެ. އަދި ސިއްހީ ހާލުކޮޅާ ގުޅިގެން މާލެ ގެނެސް ފަރުދެއްވާފައި ވާއިރު، ހާލުކޮޅު ސީރިއަށް ވެގެން ޖަލަށް ޑޮކްޓަރުންވެސް ގެންގޮސްފައިވެއެވެ.
މައުމޫން ބޭސް ފަރުވާއަށް ވަޑައިގެންނެވި އިރު، ފެބްރުއަރީ އެކެއްގެ އަމުރާއި ގުޅިގެން އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މައުމޫން ހައްޔަރުކޮށް ފޯން ނުދިން މައްސަލައިގައި ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް އިއްވި އެއް އަހަރާއި ހަތްމަހުގެ ހުކުމް ހައިކޯޓުން ވަނީ ބާތިލް ކޮށްފައެވެ.
ބޭސް ފަރުވާއަށް މައުމޫން މެލޭޝިއާއަށް ވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ