ބަރުލަމާނީ ނިޒާމެއްގައި ރައްޔިތުން ބޭކާރު ބަޔަކަށް ވެގެންދާނެ: ޝައިޚު ޒައިދު

ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށްފިނަމަ، ރައްޔިތުން ބޭކާރު ބަޔަކަށް ވެގެންދާނެ ކަމަށް އައްޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝައިޚު ޒައިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހި ރާއްޖޭގައި އޮންނަންވާނީ ޖުމްހޫރީ ނިޒާމެއް ކަމަށާއި، ބަރުލަމާނީ ނިޒާމަކަށް ހިނގައްޖެނަމަ، ރައްޔިތުން ބޭކާރު ބަޔަކަށް ވެގެންދާނެ ކަމަށެވެ.
ބަރުލަމާނީ ނިޒާމަކަށް މީގެކުރިން ރައްޔިތުން ނޫނެކޭ ބުނެފައިވާ ކަމަށާއި ވެރިއަކަށް ފަސް އަހަރު އަދި ރައްޔިތުންނަށް އެއް ދުވަސް ކަމަށް ޒައިދުގެ ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.
ބަރުލަމާނީ ނިޒާމަކަށް ދެކޮޅުކަން ހާމަކުރައްވައި އަލީ ޒައިދު ވާހަކަ ދެއްކެވި އިރު، ބަރުލަމާނީ ނިޒާމާ ދެކޮޅަށް ސިޔާސީ ގިނަ ބޭފުޅުން ގެންދަވަނީ ވާހަކަ ދައްކަވަމުންނެވެ. ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް އޮތުމަށް ތާއީދު ކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ނަމަވެސް ރާއްޖޭގައި ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމަށް 2007 ވަނަ އަހަރު ބޭއްވި ފެންނަ ނުފެންނަ ވޯޓްގައި ރައްޔިތުން ވަނީ ބަރުލަމާނީ ނިޒާމަށް ނޫނެކޭ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ