ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލްޣަފޫރު ހަ މަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފްކޮށް، އޭނާގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތަށް ވެސް އޭނާ ހާޒިރުނުވެގެން އެ މައްސަލަ ހައި ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ.
ހައިކޯޓުގެ މީޑިއާ އޮފިޝަލް އަމީން ފައިސަލް ވިދާޅުވީ މިއަދު 2:30 އަށް ޝެޑިއުލްކުރި އެ މައްސަލަ ބާތިލްކޮށްފައި ވަނީ ހާމިދު ކޯޓަށް ހާޒިރުވެވަޑައިގެންފައިނުވާތީ ކަމަށެވެ.
ހާމިދު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ އޭނާގެ މައްޗަށް ދައުލަތުން އުފުލާ ކުޑަކަމުދާތަކެތި ނުދިނުމުގެ ދައުވާގެ ޝަރީއަތަށް ހާޒިރުނުވި މައްސަލައިގަ އެވެ.
ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގައި ހާމިދު ހަ މަސް ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު އެވެ.
އެނގިފައިވާ ގޮތުގައި ކޯޓަށް ހާޒިރުވުމުގެ އަމުރު ހާމިދުގެ ގެއަށް ފޮނުވުމުން އެ އަމުރާ އެ ގެއިން ހަވާލުވެފައެއް ނުވެ އެވެ.
ހާމިދު ޖަލަށްލުމަށް ހުކުމްކުރި ނަމަވެސް މަޖިލީހުގެ އިދާރާގައި ހުންނެވުމުން އޭނާ ޖަލަށް ގެންދެވޭ ގޮތް ވަނީ ނުވެފަ އެވެ. މަޖިލީހުގެ އިމްތިޔާޒްގެ ގާނޫނު ބުނާގޮތުން މެމްބަރަކު މަޖިލީހުގެ އިދާރާގައި ހުއްޓާ ހައްޔަރުކޮށް، ބަންދުކޮށްގެން ނުވާނެ އެވެ.
އެ މައްސަލައިގައި އިތުރު ދެ ދައުވާއެއް ވެސް ދައުލަތުން ކުރެއެވެ. އެއީ ބަނގުރާ ގެންގުޅުމާއި ކެނަބިހުން މުއާމަލާތު ކުރުމުގެ ދައުވާ އެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހުގެ ރެއިން ފެށިގެން ހާމިދު އިންނެވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާތެރޭގައި ކޯޓަށް ފިއްލަވައިގެނެވެ.
ހާމިދު ހާޒިރުނުވުމުން އިސްތިއުނާފް މައްސަލަ ހައި ކޯޓުން ބޭރުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ